އަތޮޅުތެރޭގެ ކަރަންޓާ ފެނުގެ އަގަށް ރަނގަޅު ބަދަލެއް

405719.jpg

އެންވަޔަރންމަންޓް މިނިސްޓަރ ތޯރިގް އިބަރާހީމް - ކަރަންޓާއި ފެނުގެ އަގު މާލެއެކޭ އެއްވަރު ކުރައްވައިފިކަން އިއުލާން ކުރެއްވި .

އަތޮޅުތެރެއާއި މާލެ ތަފާތުކޮށް މާލެއަށްވުރެ ބޮޑު އަގުގައި ސަރުކާރުން ކަރަންޓަށް އަގު ނަގަމުން އައި އައުން ނިމުމަކަށް ގެނެސް މާލެއާ އެއްރޭޓަކުން ފެނާ ކަރަންޓަށް އަގު ނެގުމަށް ސަރުކާރުން ނިންމަވައިފިއެވެ. ނަމަވެސް އަގު އެއްގޮތް ކޮށްފައި ވަނީ 400 ޔުނިޓާއި ހަމައަށެވެ.

މިކަން އިއުލާނު ކުރުމަށް މިއަދު އެންވަޔަރން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމެއްގެ މަތިން ގެނެވުނު ބަދަލެއް ކަމަށެވެ.

މި ބަދަލާއެކު އަންނަ މަޗްމަހުންފެށިގެން އަގު ނަގަމުން ގެންދާނީ މާލެއެކޭ އެއްރޭޓުން ނެވެ.

އެގޮތުން، 0 ޔުނިޓުން  400 ޔުނިޓާ ދެމެދަށް މިހާރު ނަގާ 2.20 ރުފިޔާގެ ބަދަލުގައި ދެން ނަގާނީ 1.50 ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 101 ޔުނިޓާ 300 ޔުނިޓާ ދޭތެރޭގެ އަގު، 2.75 ރުފިޔާއިން 1.70 ރުފިޔާއަށް ކުޑަކޮށްފައިވާ އިރު، 201 ޔުުނިޓުން 300 ޔުނިޓާ ދޭތެރޭގެ އަގު 3.40 ރުފިޔާއިން 2.15 ރުފިޔާއަށް ކުޑަކޮށްފައިވެއެވެ.

މީގެ އިތުރުން 301 ޔުނިޓާއި 400 ޔުނިޓާ ދެމެދުގެ އަގު 3.50 ރުފިޔާއިން 2.50 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ، މި ބަދަލު ތަންފީޒު ކުރެވޭނީ އަންނަ މާޗު މަހުން ފެށިގެން ކަމަށާއި. މާޗު މަހުގެ ބިލާ އެކު އަތޮޅުތެރޭގެ 85 ޕަސަންޓު ރައްޔިތުންނަށް ކަރަންޓުގެ އަގު ހެޔޮވެގެން ދާނެ ކަމަށެވެ.

ރަށްރަށުގެ ކަރަންޓުގެ އަގު މާލެއަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް މިދިޔަ ދުވަސްތަކެއްގައި ނަގަމުންދާތީ، ގިނަ ބަޔަކު އައީ ޝަކުވާ ކުރަމުންނެެވެ. އެހެންވެ، މިއީ ދިވެހި ތާރީޚުގައި ވެސް ރަށްރަށުގެ ކަރަންޓުގެ އަގު މާލެއެކޭ އެއް އަގަކަށް ބަދަލުކުރި ފުރަތަމަ ފަހަރުކަން މިނިސްޓަރު ތޯރިގް ފާހަގަ ކުރެއްވި އެވެ.

ކަރަންޓުގެ އިތުރުން ފެނުގެ އަގަށްވެސް ވަނީ ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top