ވެކްސިން ޖެހިފަހުން ކުއްލިގޮތަކަށް ދިވެއްސަކު ނިޔާވެއްޖެ

264988_3_949a08e52d42f8b3f0c439a1f50582477367e42c_large-2.jpg

ކޮވިޑް-19 ވެކްސިން ޖެހިފަހުން ކުއްލި ގޮތަކަށް ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަހުން ކުއްލި ގޮތަކަށް ނިޔާވެފައިވަނީ އުމުރުން 45 އަހަރުގެ އއ.މާޅޮހު ފިރިހެނެއް ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

އޮންލައިން ނޫސް ވަގުތު ގައި މި ޚަބަރު ޝާއިއު ކުރަމުން ލިޔެފައިވާ ގޮތުގައި އެމީހާ ވެކްސިން ޖެހި ފަހުން ވަރަށް ގަދައަށް ބޮލާއި ގައިގައި ރިއްސާތީ އުޅުނުކަމަށް އެނޫހަށް މައުލޫމާތު ލިބިފައި ވެއެވެ.

ޚަބަރުގައި ވާގޮތުން އޭނާގެ ހާލު ކުޑަކޮށް ރަނގަޅުވުމާ ގުޅިގެން ރޭ ފަތިހު މަހަށް ގޮސް އުޅެނިކޮށް ކުއްލިއަކަށް އޭނާގެ ހާލު ދެރަވުމާ ގުޅިގެން ކ. ހިންމަފުއްޓަށް ގެންގޮސް ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ މިއަދު ހެނދުނު ނުވައެއް ޖަހާކަން ހާއިރެވެ.

ނަމަވެސް އެމީހާ ނިޔާވެފައިވަނީ ސީދާ ވެކްސިން ޖެހުމުގެ ސަބަބުން ކަަން އަދި ކަށަވަރެއް ނުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ވިދާޅުވީ އެމީހާގެ ހާލު ދެރަވެގެން ފަރުވާ ދިނުމަށް ހިންމަފުށި ހެލްތު ސެންޓަރަށް ގެނެސްފައި ވަނިކޮށް ނިޔާވެފައި ވަނީ ހެނދުނު 9:13 ގައި ކަމަށެވެ. މި މީހާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި މަރު އަދި އެ ނޫން ވެސް ބޮޑެތި ބަލިތަކަކީ ކޮންމެހެން ވެކްސިނާ ގުޅުން ހުރި ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާގެ ސީރަމް އިންސްޓިޓުއިޓް އިން އުފެއްދި “ކޮވިޝީލްޑް” ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. މިއީ، މި ވެކްސިން ޖެހި ފަހުން ރާއްޖޭގައި ނިޔާވި ތިން ވަނަ މީހާއެވެ.

ރާއްޖެ އިން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 64 މީހަކު ވަނީ ނިޔާވެފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް އެއްލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top