މަތީ ތައުލީމުގެ ލޯނަށް އެދި 1100 އަށްވުރެ ގިނަ އެޕްލިކޭޝަން

big_7Puboeh0i8UsqLdpqIlaUfafJ.jpg

ރާއްޖެއިން ބޭރުން އަދި ރާއްޖެއިން މަތީ ތައުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނަށް އެދި 1100 އަށްވުރެ ގިނަ އެޕްލިކޭޝަން ފޯމް ހުށަހަޅައިފި ކަމަށް ހަޔަރ އެޑިއުކޭޝަން އިން ބުނެފި އެވެ.

މިކަން ހާމަ ކުރެއްވީ ހަޔަ އެޑިއެކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެޕްލިކޭޝަންތައް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފުން ވަޒަންކުރާނީ ތެދުވެރިކަމާ އިޚުލާސްތެރި ކަމާއެކު ގެޒެޓްކުރެވިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ސިޔާސީ ނުފޫޒެއްނެތި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަލަށް ކިޔަވާ 299 ދަރިވަރެއްގެ އިތުރުން މިހާރު ކިޔަވަމުންދާ 471 ދަރިވަރަކަށެވެ. ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މާޗް ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top