ސޯސަން ފިހާރަ ފަޅާލި ވަގުން ގެންދިޔައީ ކޯރާޑީ ތެޔޮފުޅިތަކެއް!

20210308_133259-850x548.jpg

އޭދަފުށީގެ އާއިލާއަކުން މާލެއާއި ހުޅުމާލޭގައި ވިޔަފާރި ކުރަމުން އަންނަ މަޝްހޫރު ސޯސަން ޗޭނުގެ ހުޅުމާލޭގައި ހުންނަ ސޯސަން ފިހާރަ ފަޅާލައި ވަގުން އެތަނުން ގެންދިޔައީ ކޯރާޑި ތެޔޮ ފުޅިތަކެއް ކަމަށް ސޯސަން ފިހާރައިން ބުނެފިއެވެ.

އީވީއާ ވާހަކަ ދައްކަވަވަމުން ސޯސަން ފިހާރައިގެ މެނޭޖްމެންޓުން މައުލޫމާތު ދިން ގޮތުގައި ވަގުން ހުޅުމާލޭ ފިހާރަ ފަޅާލީ މިދިއަ ހޮނިހިރު ދުވަހުގެ ރެއެވެ.

”ފައިސާއެއް ނުހުންނާނެ. ދެން އެފަޅާލިމީހުން ބޭނުންވާނީ ސިގިރެޓް ކަހަލަ ތަކެތި ކަމަށް ލަފާ ކުރެވެނީ. އެހެން ނަމަވެސް އެހުރިހާ މުދަލެއް ހުރި އިރުވެސް އެމީހުން ގެންދިޔައީ ވަތްގަނޑުގައި ހުރި ވަކިލާރިކޮޅާ ކޯރާޑީ ތެޔޮފުޅި ތަކެއް. “ވައްކަމުގެ މައުލޫމާތު ދެމުން އެފިހާރައިން ބުންޏެވެ.

ހުޅުމާލޭ ގައި ހުންނަ ސޯސަން ފިހާރައިން ވައްކަންކުރި މީހާގެ ވީޑިއޯ ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް އެ ފިހާރައިން ވަނީ އާންމު ކޮށްފައެވެ.

ހުޅުމާލޭގައި ހުންނަ ސޯސަން ފިހާރަ ފަޅާލާފައިވާއިރު، އިއްޔެ ފަތިހު މާލޭގެ ބާޒާރު މަތީން ގިނަ އަދެއްގެ ފިހާރަ ވެސް ވަގުންތަކެއް ވަނީ ފަޅާލައިފައެވެ. އަދި ހަމަ އެރޭ ހުޅުމާލޭގައި ހުންނަ އައިލެންޑް ބެވަރެޖްގެ ފިހާރައެއް ވެސް ވަނީ ފަޅާލާފައެވެ.

ވައކަމުގެ ހާދިސާތައް ވެރިރަށް މާލޭގައި މިދުވަސްވަރު އިތުރު ވަމުން ދާއިރު މިދިއަ ހޯމަ ދުވަހުގެ ރޭ މިފްކޯގެ އޮފީސް ފަޅާލައިގެން ހަތަރުލައްކަ އާ ގާތް ކުރާ އަދަަދަކަށް ފައިސާ ވެސް ވަނީ ވަގަށް ނަގާފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top