މެޑިފްލެކްސް އިން ޕީސީއާރު ޓެސްޓުގެ އަގު ހެޔޮކޮށްފި

290770_3_d6ea31ba80738c0a50632389108cc9ddad018b0d_large.jpg

މެޑިފްލެކްސް ލެބޯޓްރީން ހަދައިދެމުން އަންނަ ޕީސީއާރު ޓެސްޓްގެ އަގު 700ރ. އަށް ކުޑަކޮށްފި އެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ހުޅުވި މި ލެބޯޓްރީން ކުރިން ޓެސްޓު ހަދައިދެމުން އައީ 1000ރ. އަށް ކަމަށްވިޔަސް ޓެސްޓް ހެދުން އިތުރު ކުރުމަށާއި ހެޔޮ އަގެއްގައި ޓެސްޓް ހަދައިދިނުމުގެ ބޭނުމުގައި މިއަދުން ފެށިގެން އަގު ދަށް ކުރީ ކަމަށް މެޑްޓެކްގެ ޗެއާމަން އަހުމަދު ހައިކަލް ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށާއި އެތަނަށް ގޮސް ހިދުމަތް ހޯދާ ދިވެހިންނަށް ވެސް އޮވެ އެވެ.

ހައިކަލް ވިދާޅުވީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން އެ ލެބޯޓްރީން ހިދުމަތް ހޯދާ ކަމަށާ އަދި އެކި ބޭނުމަށް ރިސޯޓުތަކަށް ދާ މީހުންނާއި ބޭރު ގައުމުތަކަށާއި ރަށްރަށްރަށް ދާ މީހުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މެޑިފްލެކްސްގައި ޕީސީއާރު ޓެސްޓް ކުރަނީ ދުނިޔޭގެ އިތުބާރު ހޯދާފައިވާ، އެމެރިކާގެ މަޝްހޫރު ތާމޯފިޝާ ސައިންޓިފިކްގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ. އަދި ޓެސްޓުކުރުމަށް ބޭނުންކުރާ ކިޓަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޑަބްލިއުއެޗްއޯގެ އެޕްރޫވަލް ލިބިފައިވާ ކިޓްތަކެކެވެ.

ކަނބާ އައިސާ ރަނި ހިނގުމުން އައިޖީއެމްއެޗް ހޮސްޕިޓަލް ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. ކޮޓޭޖް ގްރައުންޑް ފްލޯގައި ހިންގާ މެޑިފްލެކްސްގެ ހިދުމަތް 24 ގަޑިއިރު ލިބެމުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top