ފޮޓޯއިން ޚަބަރު: އޭދަފުށީ މަގުހެދުމަށް އިތުރު ވެހިކަލްތަކެއް ގެނެސްފި

5.jpg

އޭދަފުށީ މަގުހެދުމުގެ މަސައްކަތަށް ގެނެސްފައިވާ ހޮޅިތަކެއް މިއަދު އެމްއާރުޑީސީގެ ބަޔަކު އުފުލަނީ / އީވީ ފޮޓޯ: ޕްރިންސް ނަވާ

ބ. އޭދަފުށި (27 ފެބުރުވަރީ 2017) : ބ. އޭދަފުށީގެ މަގުތައް ތާރުއަޅައިގެން ހެދުމުގެ މަސައްކަތް 2016 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަންނަނީ ހިނގަމުންނެވެ. ނަމަވެސް އެކިއެކި ސަބަބުތަކާހުރެ މަޝްރޫއުގެ މަސައްކަތް މިވަގުތު އޮތީ ވަރަށްބޮޑަށް މަޑުޖެހިފައެވެ. މިހާތަނަށް ކުރިއްޔަށްގެންދިޔަ މަސައްކަތަކީ މަގުތަކުގައި ފެންހިންދާ ޖަންގްޝަންތަކާއި، ހޮޅިތައް ވަޅުލުމުގެ މަސައްކަތެވެ. މިމަޝްރޫއުގެ ދަށުން ތާރުއަޅާ މަގުތަކުގެ ތެރެއިން 10 އިންސައްތަ މަގުގެ ފެންހިންދާ ޖަންގްޝަނާއި ހޮޅިއަދި ވަޅުނުލެވޭކަމަށް އެމްއާރުޑިސީ އޭދަފުށީ އޮފީހުން ބުނެއެވެ.

އެމްއާރުޑިީސީ އޭދަފުށީ ސައިޓް މެނޭޖަރ ބަޝީރު އީވީއަށް މިއަދު ވިދާޅުވީ މަސައްކަތް މެދުކެނޑިފައިއޮތީ ވެހިކަލްތަކަށް ދިމާވި މައްސަލައަކާހުރެކަމަށާ، އިތުރު ވެހިކަލްތަކެއް އިއްޔެ ސައިޓަށް ލިބިފައިވާކަމަށެވެ. އަދި މާދަމާ އަނެއްކާވެސް ރަށުތެރޭގެ މަގުތަކުގައި މަސައްކަތް ފެށޭނެކަމަށް ބަޝީރު ވިދާޅުވިއެވެ.

“އިއްޔެ އިތުރަށް މިލިބުނީ، ޕިކަޕާއި، ރޯލަރަކާ، ފޯކްލިފްޓެއްގެ އިތުރުން އަދިވެސް އިތުރު ވެހިކަލެއް ލިބިއްޖެ. މިހާރު މަސައްކަތް ފަށައިގަންނާނެ މާދަމާ”

މިއަދުގެ ފޮޓޯއިން ހަބަރުން ފެނިވަޑައިގަންނަވާނީ، އެމްއާރުޑީސީ މަސައްކަތު ސައިޓްގެ ބައެއް މަސައްކަތަކާއި، މަޝްރޫއާބެހޭ ބައެއް ފޮޓޯތަކެވެ.

އެމްއާރުޑީސީ މަސައްކަތު ސައިޓަށް އަލަށްގެނައި ވެހިކަލްތައް ބަހައްޓާފައި / އީވީ ފޮޓޯ: ޕްރިންސް ނަވާ

އެމްއާރުޑީސީ މަސައްކަތު ސައިޓަށް އަލަށްގެނައި ވެހިކަލްތައް ބަހައްޓާފައި / އީވީ ފޮޓޯ: ޕްރިންސް ނަވާ

އެމްއާރުޑިސީ މަސައްކަތު ސައިޓްގައި ބަހައްޓާފައިހުރި ފެންހިންދާ ޖަންގްޝަންތަކެއް. މާދަމާ އަލުން މަސައްކަތް ފެށޭނެކަމަށް އެމްއާރުޑީސީ އޭދަފުށި ސައިޓުން ބުނޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ

އޭދަފުށީ މަގު ހެދުމަށް އެމްއާރުޑިސީން ގެނެސްފައިވާ ހޮޅިތަކެއް. މަސައްކަތް މެދުކެންޑިފައި އޮތުމަށްފަހު މާދަމާ ފެށޭނެކަމަށް ސައިޓުން ބުނޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ

އެމްއާރުޑިސީ ސައިޓް މަސައްކަތުގައި ބަޔަކު ހަރަކާްތެރިވަނީ. ހުއްޓިފައިވާ މަގުހެދުމުގެ މަސައްކަތް މާދަމާ ފެށޭނެކަމަށް ސައިޓުން ބުނޭ / އީވީ ފޮޓޯ: ޕްރިންސް ނަވާ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top