އިޢްލާން ނުކުރަނީސް އޭދަފުށިން 100 ގޯއްޗަށް ސިޓީ ލައިފި!

12744169_587889751376666_1018488152234311035_n-702x432.jpg

ބ. އޭދަފުށި

ބ. އޭދަފުށިން ގޯތި ދޫކުރަން އިޢްލާން ނުކުރަނީސް 100 އަށްވުރެ ގިނަގޯއްޗަށް އެދި އާންމުން އެރަށުން ކައުންސިލަށް ސިޓީ ލައިފިކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކުއްލިއަކަށް އެކައުންސިލަށް ސިޓީތައް ލިބެންފެށީ މިދިޔަމަހުގެ ފަހުކޮޅުން ފެށިގެން ކަމަށާ، މިހާތަނަށް އެކިދުވަސްމަތިން ސަތޭކައަށްވުރެ ގިނަ ސިޓީ ލިބިފައިވާކަމަށެވެ. އޭދަފުށީ ކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ ވިދާޅުވީ ލިބޭ ސިޓީތައް ހައުސިން މިނިސްޓްރީއަށް ފޮނުވަމުންދާކަމަށެވެ.

“ސީދާ އަދަދު ދަންނަވާކަށް މިވަގުތު ނޭނގޭ. މިދިޔަ މަހެއްހާދުވަހުގެތެރޭގައި ގޯއްޗަށް އެދި ސަތޭކައަށްވުރެ ގިނަ ސިޓީ ލިބިއްޖެ. އަޅުގަނޑުމެން ވަކިވަރަކަށްވުރެ ގިނަވީމާ، ހައުސިން މިނިސްޓްރީގައި މިދަންނަވަނީ ސިޓީތަކާއެކު” ރިޒާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށު ކައުންސިލަށް އާންމުން ސިޓީލާން ފެށިކަމަށް ޤަބޫލުކުރެވެނީ އޭދަފުށިން ގޯތި ދޫކުރުމާމެދު ކައުންސިލުން މަޝްވަރާ ކުރަމުންދާކަން އާންމުންނަށް ހާމަވީ ހިސާބުންކަމަށާ، މިއިހްސާސްތައް ރައްޔިތުން ކައުންސިލަށް ގެނައުމަކީ މިމަސައްކަތް ކުރިޔަށް ގެންދިއުމަށް ލިބެމުންދާ ބާރެއްކަމުގައެވެ.

“ހަގީގަތުގައި މިސިޓީތައް މިނިސްޓްރީއަށް ދާންފެށުމާއެކު މިނިސްޓްރީންވެސް ސަމާލުކަމަށް އަތުވެއްޖެކަމަށް އަޅުގަނޑު ގަބޫލުކުރަން. އޭގެ ހެއްކަކީ މިނިސްޓްރީން ސިޓީ ފޮނުއްވައިފި ގޯތިދޫކުރާނެކަމުގެ. އަނެއްކާ ހައުސިންގް ޔުނިޓްތައް އަންނަމަހު ބަޔަކާ ހަވާލުކުރާނެކަމުގެ”

އޭދަފުށިން ގޯތި ހޯދުމަށްއެދި 100 އަށްވުރެ ގިނަމީހުން މިއަހަރު ކައުންސިލަށް ސިޓީލީއިރު، ގޯތި ހޯދުމަށްއެދި 2005 ވަނަ އަހަރު 200 އެއްހާމީހުން އޭދަފުށީ ކައުންސިލަށް ސިޓީލާފައިވެއެވެ. އެފަހަރުވެސް އެއްވެސް އިޢްލާނެއް ކުރުމަކާ ނުލައެވެ. އާންމުން ދިރިއުޅުމަށް އެންމެފަހުން އޭދަފުށިން ގޯތި ދޫކޮށްފައިވަނީ 1989 ވަނައަހަރުއެވެ. އޭދަފުއްޓަކީ ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށެކެވެ. ހަަމައެއާއެކު އޭދަފުށީގައި ގޯތި ބޭނުންވެފައިވާ މީހުންގެ ދިގު ކިޔޫއެއްވެސް އެބައޮތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top