މިއަހަރުގެ ފިތުރު އީދު ދުވަހަކީ ބުރާސްފަތި

b_wtNchhPk7nbnPJvb2NOWnYlDv.jpg

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު -- ވަން ފޮޓޯ:

މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައިފި އެވެ.

ޝައްވާލު މަހުގެ ހަނދާއި ބެހޭ ގޮތުން ރާއްޖެ އިން ނިންމިގޮތް އިއުލާނު ކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކަށް މިއަދު އިރުއޮއްސުނު ފަހުން ހަނދު ފެނިފައި ނުވާތީ އާއި އަދި އިތުރުބާރުކުރެވޭ ފަލަކީ ހިސާބަށް ބަލާއިރު ވެސް މިއަދު އިރުއޮއްސޭ ފަހުން ރާއްޖެއަށާއި އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް ހަނދުން ފެންނާނެ ކަމަކަށް ނުދައްކާތީ ރަމަޟާން މަހުގެ 30 ދުވަސް ހަމަކޮށް ޝައްވާލު މަހުގެ 01 ވަނަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.

“ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާ، މީލާދީ ސަނަތުން 2021 ވަނަ އަހަރުގެ މެއި މަހުގެ 12 ވާ ބުދަ ދުވަހަކީ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަހު ކަމުގައްޔާއި، މިހިނގާ މޭ މަހުގެ ބުރާސްފަތި ދުވަހަކީ 1442 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ،” ހަނދު ސާބިތު ކުރުމަށް އޮންލައިންކޮށް ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top