މެލޭޝިއާ ފުރަބަންދު!

img_md_202105110152401620679960.4786.jpg

މެލޭޝިއާގެ ބޮޑު ވަޒީރު މުޙްޔިއްދީން ޔާސީން

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމުން ރައްކާތެރި  ރައްކާތެރި ކަމަށް ޓަކައި ކުރިއަށް އޮތް ތިން ހަފްތާއަށް މުޅި ގައުމު ފުރަބަންދު ކުރަން ނިންމައިފި އެވެ.

އެގޮތުން މި މަހުގެ 12ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ ހަތްވަނަ ދުވަހާ ހަމައަށް މެލޭޝިއާގައި އާއްމުކޮށް ބޭރަށް ނުކުމެ އުޅުން މަނާކުރެވޭނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު މުހުޔިއްދީން ޔާސީން އިއްޔެ ވިދާޅުވި އެވެ. ހަމަ އެއާއެކު ފިތުރު އީދުގެ މުނާސަބަތު ވެސް ހިމެނޭ ގޮތަށް ބޮޑެތި އެއްވުންތައްވެސް މި އުސޫލުގެ ދަށުން ބޭއްވުން މަނާ ވާނެއެވެ.

އީދު ފާހަގަކުރުމުގެ ގޮތުން ގާތްތިމާގެ ގެތަކަށް ޒިޔާރަތްކުރުމާއި އާއްމު ތަންތަނަށް އެއްވެ އުޅުން މަނާވިޔަސް 50 މީހުންނަށްވުރެ ގިނަ ނުވާނެހެން މިސްކިތްތަކުގައި އީދު ނަމާދު ކުރެވޭނެ އެވެ.

ފަރުޟު ފަސް ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތް ވެސް ކުރިއަށް ގެންދެވޭނީ މިގޮތުގެ މަތިން ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.

ފުރަބަންދު ކުރި ކަމުގައިވިޔަސް އިގްތިސާދީ ސިނާއަތްތައް ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށާ ވަޒީފާ ދޭ ފަރާތްތަކުން ވެސް ގޭގައި ތިބެގެން މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް  ބޮޑު ވަޒީރު މުހުޔިއްދީން ޔާސީން އިލްތިމާސް ކުރެއްވި އެވެ.

މެލޭޝިއާގައި މިހާރު ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 4،000 އިން މަތީގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top