ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ އެރަށެއްގެ ކައުންސިލް އިދާރާގައި

b_fQQ1VdvJiuwJSPXmQG6FGw40O.jpg

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް -- ފޮޓޯ/ އެޗްއީއޯސީ

އަލަށް އިންތިޚާބު ކުރި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދާނީ އެރަށެއްގެ ކައުންސިލްގެ އިދާރާގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައިކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، އެ އޮތޯރިޓީން ކުރިންވެސް ނިންމާފައިވާ ގޮތަށް މިމަހުގެ 17 ވަނަ ދުވަހު ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު ހުވާކުރުން ގެންދާނީ އޮންލައިންކޮށް ކަމަށް ވިދާޅުވިއެވެ.

“ހުވާކުރުމުގެ ރަސްމިއްޔާތުގައި އާންމުންނަށް ބައިވެރިނުވެވޭނެ. ހުވާކުރުން ކުރިއަށްގެންދާނީ އޮންލައިންކޮށް،” ޝަރީފް ވިދާޅުވިއެވެ.

ފަނޑިޔާރުން ނެތް ރަށްރަށުގައި ކައުންސިލަރުން ހުވާކުރާއިރު ހުވާ ލައިދޭ ފަނޑިޔާރު ރަސްމިއްޔާތުގައި ބައިވެރިވާނީވެސް އޮންލައިންކޮށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިހާބުވީ ރަށް ނުވަތަ ދާއިރާގައި ނެތް ކައުންސިލަރުންވެސް ހުވާކުރުމުގައި ބައިވެރިވާނީ އޮންލައިންކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top