އަރިދަފުސް ރޯގާ އާއި ކޮވިޑް ފެތުރުން އިތުރުވާތީ ރައްކާތެރިވުމަށް އިލްތިމާސް ކޮށްފި

big_fZjLpECtrzVLpdERJrFxspZre.jpg

އަރިދަފުސް ރޯގާ އާއި ކޮވިޑް ފެތުރުން އިތުރުވެ، ރައްކާތެރި ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އޭދަފުށީގައި ވެސް އަރިދަފުސް ރޯގާ ފެތުރުން އިތުރު ވަމުން ދާތީ ރައްކާތެރި ފިޔަވަޅު އެޅުމަށް ރަށު ކައުންސިލުންވެސް ވަނީ އެދިފަ އެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ ކޮވިޑާއި އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް ފާހަގަކޮށްފައެވެ. އެގޮތުން ރޯގާޖެހި ގިނަ ދުވަސް ވެފައި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެދިފައިވެއެވެ.

އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސްކް އެޅުމަށްވެސް އަންގާފައި ވެއެވެ.

އޭގެ އިތުރުން އާއްމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، ރޯގާގެ އެއްވެސް އަލާމަތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ނަސޭހަތްތެރިވެފައި ވެެއެވެ. ސައިބޯނިލައިގެން ގިނައިން ރަނގަޅަށް އަތް ދޮވުމާއި، ސެނެޓައިޒަރ ބޭނުންކޮށްގެން އަތް ދޮވުމާއި، ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން ބޭރުގައި އުޅޭއިރު އަދި ގިނަމީހުންގެ ތެރެއަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުމަށް ނަސޭހަތްތެރިވެފައި ވެެއެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށާއި، ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ ފަޜާތްތަކުން ބޫސްޓަރ ޑޯޒް ފުރިހަމަ ކުރުމަށްވެސް އަންގާފައި ވެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 185،894 އަށް އަރާފައިވާއިރު، އެ ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 311 އަށް އަރާފައެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top