އިމާމުންގެ މުސާރައަށް ލަސްތަކެއްނުވެ ހެޔޮ ބަދަލު ތަކެއް އަންނާނެ: ރައީސް

Fw_QqcracAIUPsa.jpeg

އިމާމުންގެ މަސައްކަތާ ގުޅޭގޮތަށް މުސާރައާ، ލިބެންވާ ޗުއްޓީ އަށް ހެޔޮ ބަދަލުތަކެއް ލަސްތަކެއް ނުވެ ގެންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިސްލާމީ ޔުނިވަރސިޓީގައި ރޭ އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ހަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ވާހަކަ ދައްކަވަމުން ވިދާޅުވީ އިމާމުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އެއީ އެހެން އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ޚިލާފަށް، ހަފްތާގެ 7 ދުވަހު، ޗުއްޓީއެއް، އޯވާޓައިމެއް ނެތި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުންތަކެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ ވައުދު ފުއްދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން، އިސްލާމިކް ޔުނިވަރސިޓީން ފެށީ 2020 ވަނަ އަހަރު ކަމަށެވެ. އެ މުހިންމު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރޭ 78 އިމާމުން ދަސްވެނިވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

“މިފަދަ ދާއިރާތަކުގެ ބޭފުޅުންނަށް އިތުރު ތައުލީމު ދިނުމުން ނުކުންނާނެ އެތައް ރަނގަޅެއް އަޅުގަނޑުމެންނަށް ތަސައްވަރު ކުރެވޭ. ދީނީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އަދި އަޚްލާގީ ގޮތުން ވެސް، ކިތަންމެ އިސްލާހީ ބަދަލުތަކެއް މުޖުތަމައަށް އަންނާނެ. އޭގެ ތެރެއިންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތައް މަދުވުމަށް މަގު ފަހިވެގެންދާނެކަން.” ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top