ކަމަދޫ ކައުންސިލްގެ ރައީސް އަނެއްކާވެސް ހައްޔަރު ކޮށްފި

DSC_8050-min.jpg

ކަމަދޫ - ފޮޓޯ ؛ ކަމަދޫ މޯލްޑިވްސް.ކޮމް

ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

މީގެ ކުރިން މިދިޔަ އޮގަސްޓް މަހުވެސް އޭނާވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިކަމަށް މީޑިއާ ތަކުން ރިޕޯޓް ކުރިއެވެ. އަދި މިފަހަރުވެސް އޭނާ މާލޭގައި ހުއްޓާ ހައްޔަރުކޮށްފައިވަނީ މަސްތުވާ ތަކެތީގެ މައްސަލަ އެއްގައިކަމަށް ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ހާމަކުރެއެވެ.

ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ވިދާޅުވިކަމަށް އެނޫހުގައި ލިޔެފައިވަނީ އޭނާ ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ އެކަމުގެ ސަބަބުން ކައުންސިލްގެ ހިންގުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ސަމީރު އަންގާރަ ދުވަހު މާލެވަޑައިގެންނެވިއިރު، ކައުންސިލް އިދާރާގެ ތަޅުދަނޑިވެސް އަދި ކައުންސިލްގެ ހިންގުންވެސް ހަވާލުކުރައްވާފައި ނުވާ ކަމަށެވެ.

ސާޖިދު ވިދާޅުވީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ކައުންސިލުން ދޭ ޚިދުމަތްތަކަށް ބުރޫއަރައި  ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ ސަމާލުކަމަށް އެކަންވާނި ގެނެސްފައިކަމުގައެވެ. 

ސާޖިދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 3 ޖެހިއިރު ވެސް މުހިއްމު ބޭނުމެއްގައި ކައުންސިލްގެ އިދާރާ ހުޅުވުމަށް ފުލުހުން އެދުނު ކަމަށާ ނަމަވެސް ކައުންސިލް އިދާރާގެ ތަޅުދަނޑި ނެތުމުން ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ގުޅުމަށް ފުލުހުންނަށް އެންގި ކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭ މެންދަމު ފުލުހުން ކައުންސިލް އިދާރަ ފާސްކުރަން މަސައްކަތްކުރީ ކޮންކަމަކާއި ގުޅިގެންކަން ނޭނގޭކަމަށް ސާޖިދު ވިދާޅުވިއެވެ.

ރާއްޖެ އެމްވީއިން ބުނާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަދޫ ކައުންސިލްގެ ރައީސް ސަމީރު ކުރިންވެސް ހައްޔަރު ކޮަށްފައިވާއިރު، މިފަހަރު އޭނާ ހައްޔަރުކުރީ ސީދާ މަސްތުވާތަކެތީގެ މައްސަލައެއްގައިކަން ފުލުހުންގެ ބަހެއް ނުލިބޭތީ ކަށަވަރު ކުރެވޭގޮތް ވަނީ ނުވެފައެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top