އާދިއްތަ ދުވަސްވެސް ސަރުކާރު ބަންދު

Raees-Office-Beyru1.jpg

ރައީސް އޮފީސް

އަންނަ އާދިއްތަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އެގޮތަށް ނިންމެވީ، އަންނަ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވާ ދުވަސް ކަމަށް ވުމުން އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ އާއި އިލެކްޝަން ކޮމިޝަން (އީސީ)ން އެކަމަށް އެދިފައިވާތީ ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.

މިމަހުގެ ނުވައެއްގައި އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ގުޅުވައިގެން، އެ ދުވަހުގެ ޖެހިގެން އައި ދެ ދުވަސް ވެސް ސަރުކާރުން ބަންދުކުރިއެވެ.

މީގެ އިތުރުން، އިއްޔެއަކީ ކީރިތި ރަސޫލާގެ އީދުމީލާދީގެ މުނާސަބާއާ ގުޅިގެން ބަންދު ދުވަހަކަށްވާ އިރު ރައީސް ވަނީ މިއަދަކީ ވެސް ބަންދު ދުވަހެއް ކަމަށް ކަނޑައަޅުއްވާފައެވެ.

އިންތިޚާބާ ދިމާކޮށް ގިނަ ބަންދު ދުވަސްތައް ލިބޭތީ މާލެއިން ގިނަ އަދަދެއްގެ މީހުން ދަނީ ރަށްރަށަށް ފުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top