ޤުރުއާންކިޔެވުމުގެ ގައުމީ މުބާރާތުން އިޔާން ދެވަނަ ހޯދައިފި

22196430_199855883888346_1857732015703755984_n.jpg

އިޔާން

ދިވެހިރާއްޖޭގެ 32 ވަނަ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން ދެވަނަ އޭދަފުށީ އަލިތަރި، އިޔާން އަލީ ވަހީދު ހޯދައިފި އެވެ.

ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިންތިޒާމު ކޮށްގެން މިދިޔަ މަހުގެ 25 އިން 29 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުން އިޔާން ދެވަނަ ހޯދާފައިވަނީ މުޅި މުބާރާތުން ، 20 ފޮތުން ބަލައިގެން ކިޔެވުމުގެ ބައިންނެވެ.

ޖުމްލަ 255 ބައިވެރިން ވާދަކުރި މިއަހަރުގެ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ހިތުން ކިޔެވުމުގެ ބައިގާ 66 ފަރާތަކުން ވާދަ ކުރިއިރު ފޮތުން ކިޔެވުމުގެ ބައި ނުވަތަ ބަލައިގެން ކިޔެވުމުގެ ބައިގާ ވާދަކޮށްފައިވަނީ 189 ބައިވެރިންނެވެ.

އިޔާންގެ މި މަތިވެރި ކާމިޔާބީއަށް އޭދަފުށި ވޮއިސްގެ ފަރާތުން ތަހުނިޔާ ކިޔަމުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top