ދަރިވަރުންގެ ފިލާވަޅުތައް ޕީއެސްއެމް އިންނާއި ޔޫޓިއުބުން

Ds6xAnDU8AE1fXu.jpg

ފޮޓޯ : އެޑިއުކޭޝަން

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލުތައް ހުޅުވުން ފަސްކޮށްފައިވާއިރު މި މުއްދަތުގައި ދަރިވަރުންނަށް ފިލާވަޅު ނަދގައިދޭނީ ޕީއެސްއެމް ގެ ޗެނަލަކުންނާއި ޔޫޓިއުބް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިކަން އެމިނިސްޓްރީން ހާމަ ކޮށްފައިވަނީ މިރޭ އާއްމު ކުރި ނޫސް ބަޔާނެއްގަ އެވެ.

ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި މިމަހުގެ 15 އިން 19 އަށް އެއްވެސް ދަރިވަރަކު ސްކޫލަށް ހާޒިރު ނުވާނެ އެވެ. އެކަމަކު މި މުއްދަތުގައި ދަރިވަރުންނަށް ފިލާވަޅުތައް ލިބޭނެގޮތް އިންތިޒާމް ކުރާނެއެވެ.

އެގޮތުން ދަރިވަރުންނަށް އެ މުއްދަތުގައި ފިލާވަޅުތައް ނަގައިދޭނީ ޕީއެސްއެމް އާއި ޔޫޓިއުބްފަދަ ވަސީލަތްތައް މެދުވެރިކޮށްގެން ކަމަށާއި އަދި އިންޓަރެކްޓިވް ސެޝަންތައްވެސް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

“އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދެވޭނީ އެޑުޔުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށެވެ. އަދި އިތުރު ރިސޯސަސްތައް އެކަމަށް ހާއްސަކުރެވިފައިވާ ވެބްޕޯޓަލްއާއި ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.” އެޑިއުކޭޝަންގެ ބަޔާނުގައިވެއެވެ.

އަދި މި އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުންނާއި އޭ.އެސް ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް މިމަހު 15އިން ފެށިގެން އެ ވަސީލަތްތައް މެދުވެރިކޮށް ލިބޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ މައިގަނޑު ވަސީލްތް ފޯރުކޮށްދޭ މައިގަނޑު ވަސީލަތަކީ އިންޓަނެޓް ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އަތޮޅު ތެރޭގައި އިންޓަނެޓްގެ ވަސީލަތާއި ޓީވީ ނެތް ގޭގައި ދިރިއުޅޭ ދަރިވަރުންނަށް ސަމާލުކަން ދެއްވާފައިނުވާކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ފާޅު ކުރަމުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top