އޭދަފުށީގައި ތިން ކުއްޖަކު ގެނބި އެއްކުއްޖެއްގެ ހާލު ސީރިއަސް!

DSCN1991-1.jpg

މިއަދު ހަވީރު އޭދަފުށީގައި މޫދަށް އެރި އުޅުނު ތިން އަަންހެން ކުދިން ގެނބި އެއް ކުއްޖެއްގެ ހާލު ސީރިއަސްވެގެން ބ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދާ ކަމަށް އީވީއަށް މައުލޫމާތު ލިބިއްޖެ އެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ މޫދަށް އެރި އުޅެނިކޮށް ގެނބިގެން ހާލު ބޮޑުވެފައިވާ ކުއްޖަކު އެހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދާކަމަށެވެ.

“އުމުރުން 12 އަހަރުގެ އެ އަންހެންކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދަނީ. ހާލު ސީރިއަސް.” ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ތިން ކުދިނ ގެެނބުނު ކަމުގެ މައުލޫމާތު ލިބިފައިވިޔަސް އަނެއް ދެކުދިން ހޮސްޕިޓަލުން ފަރުވާ ހޯދާފައިނުވާ ކަމުގައެވެ.

އެކުދިން މޫދަށް އެރުނީ އޭދަފުށީގެ ހުޅަނގު ފަރާތުގައި އޮންނަ ދޯނި ފަހަރު އެހެލާ ތަނާ ދިމާލަށެވެ. އެތަނުން ބައެއް، ދާދި ފަހުން ފުން ކުރުމަށް ކޮނެފައިވާތީ މޫދަށް އެރިއުޅުމުގެ ތެރޭގައި ފުން ހިސާބަށް ދެވުނީކަމަށް މަންޒަރު ދުށް މީހަކު ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top