ކައުންސިލް އިންތިޚާބު ފަސްކޮށްފި

elections-comission-ec-hussain-shareef-ec-raees_-5-755x435.jpg

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް – ވަގުތު އިމޭޖްސް: އަމީން ފަހްމީ

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރާއްޖޭގެ ލޯކަލް ކައުންސިލް އިންތިޚާބު އެޕްރީލް މަހުގެ 18 ވަނަދުވަހު ބާއްވާގޮތަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

އިންތިޚާބު ފަސްކުރީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ކަމަށް އީސީ އިން ބުނެއެވެ.

ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކުރީ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަށެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިގޮތުގައި އެ ތާރީހަކީ ގާނޫނީ ގޮތުން ލޯކަލް ކައުންސިލް އިންތިހާބު ކޮމިޝަނަށް ފަސް ކުރެވޭނެ އެންމެ ފަހުގެ ތާރީހެވެ. އެއަށްވުރެ ފަސްކުރާނަމަ، ކޯޓު އަމުރެއް ބޭނުންވާނެ ކަމަށެވެ. އަދި އަންނަ މަހުގެ 18 އަށް ރާއްޖޭގެ ހާލަތު ރަނގަޅުނުވާނަމަ، އިންތިހާބު ފަސްކުރުމަށް ކޯޓަށް  ދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އަންނަ މަހުގެ 18އާ ހަމައަށް އިންތިޚާބު ފަސްކޮށްފައިވާ އިރު ކުރިން އެ ކޮމިޝަނުން ބުނެފައިވަނީ އިންތިހާބު ފަސް ކުރާނެ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް އާންމުންނާއި ބައެއް ސިއްހީ މާހިރުން ގެންދިޔައީ އިންތިހާބު ފަސްކުރުމަށް ވަރަށް ބޮޑަށް ބާރު އަޅައި ގޮވާލަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top