އޭދަފުށީގައި އެމްޓީސީސީން ކުރިއަށްދާ މަޝްރޫއުތައް އެމްޑީ. ބައްލަވާލައްވައިފި

IMG_4481.jpeg

ބ.އޭދަފުށީގައި އެމްޓީސީސީ އިން ކުރިއަށް ގެންދާ މަޝްރޫއުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ، ބައްލަވާލައްވައިފިއެވެ.

އެމްޑީ ސައުދީ އޭދަފުއްޓަށް ކުރެއްވި މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަސް ބިނާކުރުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ރަސްމިއްޔާތުގެ ތެރެއިން، އެ ރަށުގައި އެމްޓީސީސީން ހިންގަމުންދާ މުހިންމު މަޝްރޫއުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް އޭނާ ވަނީ ގާތުން ބައްލަވާލައްވާފައެވެ.

އެގޮތުން، އޭދަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއާއި، ފަތާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އިތުރުން ސްޕޯޓްސް ޕާކް ތަރައްޤީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ. މި މަޝްރޫއުތަކުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރެއްވުމަށް ސައިޓްތަކަށް ޒިޔާރަތްކުރައްވައި، މަސައްކަތްތެރިންނާ ބައްދަލުކުރެއްވި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި، ރައްޔިތުންގެ ކުންފުނީގެ އަމާޒަކީ ރަށްރަށުގެ ތަރައްޤީއަށް ހިންގޭ މިފަދަ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމެވެ. މި ދަތުރުފުޅުގައި ކުންފުނީގެ އިސްވެރިންގެ ޓީމެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top