”ބ. ސެންޓްރަލް ޗެލެންޖް“ ގައި ވެލާސްޕޯޓްސް އިން ތަމްސީލުކުރަނީ އޭދަފުށި 

Baa-Challange-EV.jpg

ބ. ދަރަވަންދޫ އެކުވެރި ޒުވާނުންގެ ޖަމިއްޔާ އިސްނަގައިގެން ބ.އަތޮޅުގެ ރިސޯޓްތަކަށާއި ބ.އަތޮޅުގެ ރަށްރަށަށް ދައުވަތު ދީގެން ބާއްވަން ނިންމާފައިވާ ފުޓްސަލް މުބާރާތް، ”ބ.ސެންޓްރަލް ޗެލްންޖް“ގައި ވެލާ ސްޕޯޓްސް ކްލަބް ވާދަކުރަނީ އޭދަފުށީގެ ނަމުގައިކަމަށް އެކްލަބުގެ ނައިބު ރައީސް، އަހްމަދު ޖަޒްލާން ބުނެފި އެވެ.

ވެލާ ސްޕޯޓްސް ކްލަބަކީ ”ޓެކާސް މައިލޯ މޯލްޑިވްސް ކަޕް“ ގެ އެންމެ ފަހުގެ ބ.އަތޮޅު ފުޓްސަލް ޗެންޕިއަނުންނެވެ.

12 ޓީމު ބައިވެރިވާ ގޮތަށް ނިންމާފައިވާ މިމުބާރާތަށް ރިސޯޓްތަކުން ވެސް ވަރަށް ބޮޑަށް  ތައްޔާރުވަމުން އަންނަކަމަށް ދަރަވަންދޫ އެކުވެރި ޒުވާނުންގެ ޖަމިއްޔާއިން ބުނެއެވެ.

މިޓީމުގައި އޭދަފުށީގެ ފުޓްސަލްގެ އެންމެ ނަން މަޝްހޫރު ކުޅުންތެރިން ކަމަށްވާ އަހްމަދު އަޝްރަފް (ސޮބީ)، ޝާހީ މޫސާ(ހިތޭ) އަދި ހާފިޒް އަހްމަދު ފަދަ ތަޖުރިބާ ހުރި މޮޅު ކުޅުންތެރިން ހިމެނޭކަން ފާހަގަ ކުރަމުން ޖަޒްލާން ބުނީ އަނެއްކާވެސް މި ނުކުންނަނީ ބ.އަތޮޅު ޗެންޕިއަނުންގެ ލަގަބު ދިފާއު ކުރުމަށްކަމަށެވެ.

މިޓީމްގެ ކޯޗަކީ ވެލާސްޕޯޓްސް އަށް ރަންތަށި ކާމިޔާބު ކޮށްދިން ”ފަރޭ“ އެވެ.

”ކޮވިޑް 19 ގެ ސަބަބުން ކޯޗް ފަރޭ ޓީމާއި ދުރުގައި އަހަރުތަކެއް ހޭދަކުރުމަށް ފަހު އަލުން ޓީމާއި ގުޅުން ވެގެންދާނީ މުޅި ޓީމަށް ލިބިގެން ދާނެ އެންމެ ބޮޑު ހިތްވަރަށް. މިފަދަ ބޮޑު މުބާރާތަކަށް ކުޅުންތެރިންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ކޯޗެއް ހުރުމަކީ އެންމެ ބޮޑު އެއް ނިއުމަތް“
ވެލާ ސްޕޯޓްސް ކުލަބުގެ ނައިބު ރައީސް ބުންޏެވެ.

މުބާރާތަށް ތައްޔާރުވުމަށް ޓީމް ވަނީ ރޭ ފަށާފައެވެ.

އެގޮތުން ޓީމްގެ ޕްރެކްޓިސް މިހާރު ހުޅުވާލާފައިވާ ކަމަށާއި މެޗްތަކުގައި ބައިވެރިވާން ބޭނުން ކުޅުންތެރިން 9190555، 7432335 ފޯނަށް ގުޅުމަށް ނައިބު ރައީސް އެދެއެވެ.

އޭދަފުށީގައި ފުޓްސަލް ދަނޑެއް ނެތުމުން މިޓީމް ވަނީ ދަރަވަންދުއަށް ދަތުރުކޮށް މޯލްޑިވިއަންގެ ބޮޑުޓީމާއި އެކު މެޗެއްވެސް ކުޅެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top