އޭދަފުށީގައި ތާރުއަޅައިގެން ހަދާ މަގުތަކުގެ ސާވޭއެއް ފުލުހުން ކޮށްފި

DSCN0625.jpg

އެދަފުށީގެ ބޮޑެތި މަގުތަކުގައި ތާރުއަޅައިގެން ހަދަން ފެށުން. ފޮޓޯ : އީވީ

އޭދަފުށީގައި އަލަށް ތާރުއަޅައިގެން ހަދާ މަގުތަކުގެ ސަލާމަތީ މިންގަނޑުތައް ހުރި ނެތްގޮތް ބެލުމަށް ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޓީމެއް ސެކިއުރިޓީ ސާވޭއެއް ކޮށްފިއެވެ.

އޭދަފުށީގެ އިތުރުން މި ސާވޭ ކޮށްފައިވަނީ ރ.އަތޮޅުގައި އަލަށް މަގުތައް ހަދަމުން ގެންދާ ދުވާފަރާއި އުނގޫފާރުގެ އިތުރުން މީދޫ ގައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މަހުގެ 3ން 12 އަށް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓްގެ މުވައްޒަފުންގެ ޓީމެއް އެރަށް ރަށުގެ ރަށު ކައުންސިލްތަކާއި މަގު ހެދުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކޮށް މަގުމަތީގައި ބަހައްޓަންޖެހޭ ޓްރެފިކް ނިޝާންތައް ބެހެއްޓުމާއި ސަލާމަތީގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކޮށް ކަމާގުޅޭ ފަންނީ ލަފަޔާއި އިރުޝާދު ފޯރުކޮށްދީފައިވެއެވެ.

އޭދަފުށީގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ހުސްވި ސެޕްޓެމްބަރުމަހުގެ 30ވަނަ ދުވަހުއެވެ. .

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top