މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް އޭދަފުށިން މީހަކު ހައްޔަރުކޮށްފި

DSCN9143.jpg

އޭދަފުށި

މަސްތުވާ ތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް އޭދަފުށީން މީހަކު ހައްޔަރު ކޮށްފިއެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާއި ގުޅިގެން އޭދަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. 35 އަހަރުގެ މިމީހާ ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top