ރެޑްވޭވް ގެ އާފިހާރަ”ރެޑްވޭވް ލިވިންގ “ހުޅުވައިފި

28058542_10155555707737695_7961805314607305799_n.jpg

މަޝްހޫރު ވިޔަފާރިވެރިޔާ އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ސަލީމްގެ ރެޑްވޭވް ކުންފުނީގެ 11ވަނަ ފިހާރަ ރޭ މާލޭގައި ހުޅުވައިފިއެވެ. ފަރނީޗަރަށް ޚާއްސަކޮށްގެން “ރެޑްވޭވް ލިވިންގ”ގެ ނަމުގައި ހުޅުވި މިފިހާރަ ހުޅުއްވައި ދެއްވީ ރެޑް ވޭވްގެ ޖެނެރަލް މެނޭޖަރު އަދި ބާރަށު ދާއިރާގެ ޕީޕީއެމްގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. މި ފިހާރަ ހުންނަނީ ހީނާމާގޭ ޕާކިންގ ޒޯން ކުރިމަތީގައި އޮންނަ ނިރޮޅު މަގުގައެވެ.

“ރެޑްވޭވް ލިވިން” އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ކުންފުނިން ވިދާޅުވީ މިފިހާރަ ވެގެންދާނީ މިވަގުތު މާލޭގައި ހުރި އެންމެ އަގުހެޔޮ، އަދި އެންމެ ގިނަ ވެރައިޓީ އެއްތަނަކުން ލިބެންހުންނާނެ ފަރުނީޗަރު ސެންޓަރަށް ކަމުގައެވެ.

“ޔަގީންކަމާއެކު މި ބުނަނީ މިހާރު އިރާދުކުރެއްވިއްޔާ މި އަށްވުރެ ވެރައިޓީ ގިނަ ފަރުނީޗަރު ފިހާރައެއް ރާއްޖެއަކު ނުހުންނާނެ. އަގު ވެސް އެހާމެ ހެޔޮވާނެ” އޭނާ ވިދާޅުވިއެވެ.

ދެ ބުރިއަށްވާ ގޮތަށް ހަދާފައިވާ “ރެޑްވޭވް ލިވިން” ގައި ފަރުނީޗަރުގެ އިތުރުން ޓީވީގެ އެކި ބްރޭންޑުތައްވެސް ހުރެ އެވެ. “ރެޑްވޭވް ލިވިން” ގައި ލިބެން ހުރި ބެޑްރޫމް ސެޓުގެ އިތުރުން އެނދާއި އަލަމާރި ފަދަ އަދި ޑްރެސިން ޓޭބަލް ފަދަ ތަކެތި ވަކިން ވިއްކައެވެ.

ރެޑްވޭވް އިން ވިދާޅުވީ ތަކެތީގެ އަގު ހެޔޮވުމުގެ އިތުރުން ކޮލިޓީވެސް އެހާ ރަނގަޅުވާނެ ކަމަށެވެ. އަދި މި ތަކެތި “އެމްއެފްއެލްސީ” ފަދަ އިންސްޓޯލްމަންޓް ސްކީމް ތަކުން ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“ހުރިހާ މީހުން ވެސް އެއްޗިހި މިގެންނަނީ އެއް ތަނަކުން. އަޅުގަނޑުމެން [ރެޑްވޭވް] ފެ ތަފާތަކީ އަގު ހެޔޮވުން. ރައްޔިތުންގެ އަތް ފޯރާ ފަށުގައި ލިބެން ހުރުން. މިއީ ތަފާތަކީ،” އޮފިޝަލް ވިދާޅުވިއެވެ.

ރެޑްވޭވް ފިހާރަތަކުގެ އެންމެ ޚާއްސަ ކަމަކީ އާއްމުން ބޭނުންކުރާ ގިނަ ބާވަތަތަކުގެ މުދާ އެއްތަނަކުން ގަންނަން ލިބުމުގެ އިތުރުން އަތް ފޯރާ ފަށުގައި ހުރިހާ މުދަލެއްވެސް ލިބެން ހުރުންކަމުގައި ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top