ރައީސްގެ ދަތުރުފުޅުގެ ތައްޔާރީތައް ހަލާކުވެ ނެތިދަނީ

image-0-02-06-9f4413fd12eeeeb4a55b9fb86a81fccfe8a3c2ec9d2012e46dd6a078fc365789-V.jpg

ރައީސް ގެ ދަތުރުފުޅަށް ތައްޔާރު ކުރި ކުޑަތައް. މިހާރު މި ކުޑަތައްވަނީ ވީދި ހަލާކުވުމުގެ މަގުމަތީގައި- ފޮޓޯ :އީވީ ޓީމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިދިޔަ މަހު އޭދަފުށްޓަށް ވަޑައިގަތުމަށް ހަމަޖެހުމާއެކު އޭދަފުށީގައި ރަސްމީ ޖަލްސާ ބޭއްވުމަށް ސްޓޭޖް ސަރަހައްދުގައި މިދިޔަ މަހު ތައްޔާރުކުރި ބޮޑެތި ކުޑަތައް އެހެންހުރެ ހަލާކުވާން ފަށައިފިއެވެ.

ރައީސް އޭދަފުށްޓަށް ވަޑައިގަތުމްށް ފުރަތަމަ ހަމަޖެހުނީ މިދިޔަ މަހުގެ 18ވަނަ ދުވަހެވެ. ފަހުން އެދަތުރުފުޅު އެއް ހަފްތާއަށް ލަސްވިއެވެ.

ތިންވަނަ ފަހަރަށް ދަތުރުފުޅު ލަސްވިއިރު އޭދަފުށީ ރައްޔިތުންވަނީ އެ ދަތުރުފުޅަށް އޭދަފުށީ ރަސްމީ ސްޓޭޖް ސަރަހައްދު ޒީނަތްތެރިކޮށް ވަރަށް ރީތި ބޮޑު ހަތަރު ކުޑަ ފެއްސާ ރަތާ ހުދުގެ ކުލަތަކުން ޒީނަތްތެރިކޮށް ހަދާފައެވެ. 15ވަރަކަށް ދުވަހުގެ މަސައްކަތުން ތައްޔާރުކުރި މިކުޑަތަކުގެ އާކަމާ ފޮތީގެ ކުލަތައް ކެނޑި ވީދެމުންދާތަން އީވީގެ ޓިމަށް ވަނީ ފެނިފައެވެ.

އޭދަފުށީ ކައުންސިލުން ބުނީ ރައީސްގެ ދަތުރުފުޅަށް ބުރަ މަސައްކަތުން ތައްޔާރުކުރި ރީތި ކުޑަތައް ހަލާކުވަމުން އަންނާތީ ކަންބޮޑުވާކަމަށާ ދަތުރުފުޅު އޮތް ތާރީޚެއް އަދިވެސް އެނގިފައިނުވާ ކަމަށެވެ. ކައުންސިލް މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ ރައްޔިތުންގެ އެތައް ދުވަހެއްގެ މަސައްކަތުން ތައްޔާރު ކުރި މިމަސައްކަތް ބޭކާރު ގޮތުގައި ހަލާކުވަމުން ދިއުމަޚި ހިތާމަކުރާ ކަމެއްކަމަށާ މިއީ ރައްޔިތުންވެސް ކަންބޮޑުވާ ކަމެއްކަމުގައެވެ.

“ނަމވެސް އަޅުގަނޑުމެން ކުރާނީ ކީއްތޯ ؟ ” މިނިސްޓްރީން ވިދާޅުވަނީ ތާރީޚެއް އެބަދެމޭ. ތަކެތިނަގާކަށް ނުބުނޭ. ‘ ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ ރައީސްގެ ދަތުރުފުޅަށް 50000ރ. ޚަރަދުކުރަން ނިންމި ނަމަވެސް މިހާތަނަށް ކުރި މަސައްކަތަށް ޚަރަދު ކުރީ މިނިސްޓްރީން ކަމަށެވެ

ރައީސް ޔާމީން އެންމެ ފަހުން އޭދަފުށްޓަށް ވަޑައިގަތީ 2014ވަނަ އަހަރު އޮތް ބިން ހިއްކުމުގެ ރަސްމިއްޔާތަށެވެ. އެފަހަރުވެސް ރައްޔިތުންވަނީ ރަށުތެރެ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ރަސްމިއްޔާތަށް ދެކުނު ފަރާތުގައި ދަރުބާރުގެއެއް އަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top