އެކްޓްރެސް ރީމާލަގޫ މަރުވެއްޖެ

reema-lagu.jpg

ސްޓާރ ޕްލަސްއިން ދައްކަމުންގެންދާ މަޝްހޫރު ޑްރާމާ ސީރީޒް ، “ނާމްކަރަން “ގައި ދަޔާވަންތީގެ ބައި ކުޅެމުން އަންނަ ރީމާ ލަގޫ 59 އަހަރުގައި ކުއްލި ގޮތަކަށް ރޭ ފަތިހު މަރުވެއްޖެއެވެ.

ރީމާ ކުއްލި ގޮތަކަށް މަރުވެފައިވަނީ ހިތުގެ ބައްޔަކަށް ފަރުވާދެމުން ދަނިކޮށް އިންޑިއާގެ ހޮސްޕިޓަލެއްގައެވެ.

ރީމާ އަކީ ބޮލީވުޑްގެ ގިނަ ފިލްމްތަކެއްގައި މަންމައެއްގެ ބައި ކުޅެ މަޝްހޫރު ކަން ހޯދާފައިވާ ކުޅަދާނަ އެކްޓްރެސް އެކެވެ. އޭނާގެ ފިލްމީ ކެރިއަރ ފަށާފައިވަނީ 1970އާ 1980ގެ އަހަރުތަކުގައި ހިންދީ އަދި މަރާޓީ ފިލްމްތަކުންނެވެ. މަންމައެއްގެ ރޯލުން އޭނާ ފެނިގެންދާ މޮޅު ހިންދީ ފިލްމްތަކުގެ ތެރޭގައި މައިނޭ ޕިޔާރުކިޔާ ، ހަމްއާޕްކޭ ހޭ ކޯން، ކުޗްކުޗްހޯތާހޭ ، ހަމްސާތުސާތުހޭ ،ފަދަ ރީތި އެތައް ފިލްމެއް ހިމެނެއެވެ. މީގެ އިތުރުން ޓީވީ ޑްރާމާތަކުގެ ތެރޭގައި ތޫތޫ މައި ، އަދި ޝްރިމާން ޝްރީމަތީ ހިމެނެއެވެ

މިހާރު އުފެދޭ ސުއާލަކީ މަހޭޝްބަޓްގެ މަޝްހޫރު ޓެލެޑްރާމާ ނާމްކަރަން ގެ ޖަޔާވަންތީ އަށް ދެން ވާނީ ކިހިނެއް ބާއެވެ؟

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top