އައިސިސްއިން އަންހެނުން ރޭޕްކުރުމުގެ ކުރިން އެމީހުންލައްވާ ނަމާދުކުރުވާ- ރިޕޯޓް

446719-is-sex-slaves.jpg

ނާދިޔާމުރާދު އަކީ އިރާގުގެ މޫސަލްގައި ދިރިއުޅޭ ޔަޒީދީ ކޮމިއުނިޓީއަށް ނިސްބަތްވާ 21އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާއަކީ އައިސިސް އިން ޖިންސީ އަޅަކަށް ހަދައިގެން އެތައް ދުވަހަކު ގެންގުޅެފައިވާ ކުއްޖެކެވެ. އައިސިސްގެ އަތްދަށުންސަލާމަތް ވުމަށްފަހު އޭނާއަށް ދިމާވި ހިތާމަވެތި ހާދިސާ ކިޔައިދެމުން ބުންޏެވެ.

“އުތުރު އިރާގުގައި އައިސިސްގެ ބާރު ގަދަކުރަމުންދިޔަ ދުވަސްވަރު އެމީހުން ވަނީ އެއަވަށުގެ އެތައް ސަތޭކަ ކުޑަކުދިންނާއި ބޮޑެތިމީހުން ޝަހީދުކުރުމަށް ފަހު އެތައް އަންހެންުންތަކެއް އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަށްފަހު ޖިންސީ އަޅުންނަށް ހަދާފައެވެ. އަހަންނަކީ އޭގެ ތެރެއިން އެކެކެވެ.

އަހަރެންނަށް ދިމާވި އެންމެ އަޖާއިބުކުރަނިވި ކަމަކީ އެމީހުންގެ އެތައް ބަޔަކު އަހަރެމެން ރޭޕް ކުރަންފެށުމުގެ ކުރިން ނަމާދު ކުރުމަށް އަމުރުކުރާ ކަމެވެ. އަހަރެމެންނާ މެދު އަމަލު ކުރަމުންދަނީ ޖަނަވާރުންނަށް ވުރެވެސް ދަށް ގޮތަކަށް ކަމަށްވާއިރު އަދި މިއީ އިންސާނުންކަމަށްވެސް ނުދެކޭއިރު ، ހައްދުފަހަނައަޅަފައިވާ ބަޔަކު ހިންގާ ލާއިންސާނީ މުޑުދާރު އަމަލެއް ހިންގުމުގެ ކުރިން ނަމާދުކުރަން އެންގުމަކީ ދީނުގެ ހުރުމަތްކަނޑާލުމަށް ކުރެވޭ ކަމެއް ނޫންހެއްޔެވެ؟ ” ނާދިޔާ ބުނެފައިވެއެވެ.

މިގޮތަށް އަމަލު ކުރުވުމަށްފަހު ބައެއްފަހަރު އެމީހުންގެ އެތައް ބަޔަކު ގްރޫޕްހަދާފައި އައިސް އަހަރެމެން ރޭޕްކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top