އަތޮޅުތަކުގެ ކަންކަން ބަލަހައްޓައި ވިލަރެސް ކުރާނެ މީހުން ކަނޑައަޅައިފި

ހގހގ.jpg

ލޯކަލް ގަވަމެންޓް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ:ލޯކަލް ގަވަމެންޓް މިނިސްޓްރީ

ކައުންސިލުތަކާ ގާތުން މަސައްކަތްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ގެންގުޅޭ ސިޔާސަތުގެ ދަށުން އަތޮޅުތަކުގެ ކަންކަން ވިލަރެސްކޮށް ބަލަހައްޓާނެ މީހުން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު މޫސާ ފަތުހީ އާދަމް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ފައްކާކުރަން މި އެޑްމިނިސްޓްރޭޝަނުގެ ސިޔާސަތަކީ ކައުންސިލުތަކާ ވީހާވެސް ގާތުން މަސައްކަތްކުރުން ކަމަށެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކަންކަން ބެލެހެއްޓުމަށް ޒިންމާދާރު މީހަކު އެ މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެގޮތަށް ކަނޑައަޅާފައި ތިބޭ މީހުން އެ އަތޮޅެއްގެ ކަންކަން މޮނިޓަކުރަމުން ގެންދާނެ ކަމަށް ފަތުހީ ވިދާޅުވި އެވެ.

އެ މިނިސްޓްރީން ސްޓޭޓް މިނިސްޓަރުންނާއި ޒިންމާދާރު މީހުން ކަނޑައެޅުމުން ކައުންސިލުތަކާ ވީހާވެސް ގާތުން މަސައްކަތްކޮށް، ކަންބޮޑުވުންތަކަށް އަވަސް ހައްލު ހޯދައިދެވޭނެ ކަމަށާއި ކައުންސިލުތަކާ އެކު ބޭއްވުނު ބައްދަލުވުންތަކުން ފާހަގަކުރެވުނީ އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ބާރުވެރިކުރުވަން ވަރަށް ގިނަ ކަންކަން ކައުންސިލުތަކަށް ބޭނުންވާކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަތުހީ ވިދާޅުވީ، ކުރީގައި ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިނގަމުން އައި ގޮތާއި މިހާރު ހިނގަމުން އަންނަ ގޮތް ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ކައުންސިލްތަކާ ވަރަށް ގާތުން ދައުލަތުން މަސައްކަތްކޮށް ލާމަރުކަޒީ ނިޒާމުގެ އެންމެ ފޮނި މީރުކަން ކުރިއަށް އޮތްތަނުގައި ހާސިލު ވާނެކަމަށް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top