ބައެއް ކައުންސިލްތަކުން އަންހެނުން ކޮމިޓީތަކަށް އެއްބާރުލުން ނުދޭ: ރައީސް

b_ZjNx9IjBaneoiIZ7aSEPJ8XPV.jpg

ވިއަވަތި ރާއްޖެ ފޯރަމްގައި ރައީސްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ --- ވަން ފޮޓޯ: އަލީ ޔާމީން

އަންހެނުންގެ ބާރުވެރިކަން އިތުރުކުރަން ލާމަރުކަޒީ ގާނޫނުގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އުފެއްދި ނަމަވެސް އޭގެ ތެރެއިން ބައެއް ކޮމިޓީތަކަށް ކައުންސިލްތަކުން އެއްބާރުލުން ނުދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މެދުރާއްޖެތެރޭގެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އަމާޒުކޮށްގެން އުކުޅަހުގައި ކުރިއަށްގެންދިޔަ “ވިއަވަތި ފޯރަމް” ނިންމާލުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ބާރުތަކެއް ދިނީ އަތޮޅުތަކާއި ރަށްތަކުގެ ތަރައްގީއާއި އިޖުތިމާއީ ދުޅަހެޔޮކަން ކުރިއެރުވުމުގެ އިސް ދައުރެއްގައި އަންހެނުން ބައިވެރިކުރަން ކަމަށެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން އެކަން ބަލައިނުގަންނަ ކަމަށް ވިދާޅުވިއެވެ.

“އަންހެނުން ކޮމިޓީތަކަށް ބައެއް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުމެއް ނުލިބޭ،” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޖުމުލަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ހުރީ އެއް ގޮންޖެހުން ތަކެއް ކަމަށެވެ. އެގޮތުން މަސައްކަތް ކުރާނެ ޖާގައެއް ނެތުމާއި ވަސީލަތްތައް ނެތުން ހިމެނޭ ކަމަށާއި އަދި މުސާރައިގެ މައްސަލަވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކަށް ދަތިވާ ގޮތަށް ހުރި ކަންކަން ބަދަލުކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން މިއަދު ހުށަހެޅި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ވަޒީރުންނާއެކު މަޝްވަރާކޮށް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top