އަންހެނުން ކޮމެޓީއަށް ދޫކުރާ ބަޖެޓް ބޮޑުކުރަނީ

b_QE1tWm6qsGBJkdkbK1XSz9d4c.jpg

ވިއަވަތި ކޮންންފަރެންސްގައި ރައީސް ސޯލިހު ---- ވަން ފޮޓޯ: އަލީ ޔާމީން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ބޮޑުކުރުމަށާއި އެކޮމެޓީ މިހާރަށްވުރެ ހަރަކާތްތެރި ކޮމެޓީއަކަށް ހެއްދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އުކުޅަހުގައި ކުރިޔަށްދިޔަ ވިއަވަތި ކޮންފަރެންސްގެ ފަހު ސެޝަނުގައި ކޮންފަރެންސް ނިންމަވާލެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މައިގަނޑު ގޮތެއްގައި ހުރިހާ ފަރާތްތަކުން ވެސް ފާހަގަކުރެއްވީ މާލީ ފުދުންތެރިކަން އިތުރުކުރުމުގެ ވާހަކަތައް ކަމުގައެވެ. އެގޮތުން މާލީ ބާރުވެރިކަން އިތުރުކޮށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ދިނުމުގައި މުޅި ދައުލަތުގެ އާމްދަނީ ބައްލަވަން ޖެހޭކަމަށާއި އެހެންކަމުން އެކަމުގައި ކުރިއަށް ދާނެ ގޮތަކާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެ ކަމުގައި މީގެ އިތުރުން މަސައްކަތް ކުރާނެ ޖާގައެއް ނެތުމާއި ވަސީލަތްތައް ނެތުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. 

އިހްތިސާސް ކަނޑައެޅުމުގައި ހުރި ދަތިތަކާއި ބިނާވެށި ޕްލޭން ހެދުމުގައި ހުރި ދަތިތަކާއި އތމ ކޮމެޓީ މިހާރު އޮތްގޮތުން ހުރި ދަތިތަކަކީ ވެސް މި ކޮންފަރެންސްގައި ވަރަށްބޮޑަށް ފާހަގަކުރެވިގެން ދިޔަ ވާހަކަ ތަކެކެވެ.

ދެ ދެދުވަހުގެ މުއްދަތަށް އުކުޅަހުގައި ކުރިޔަށްގެންދިޔަ ވިއަވަތި ކޮންފަރެންސް 2 މިއަދު ނިންމާފައި ވާއިރު، މި ކޮންފަރެންސް އަމާޒުކޮށްފައި ވަނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށެވެ. ފުރަތަމަ ބޭއްވި ވިއަވަތި ރާއްޖެ ކޮންފަރެންސާ ޚިލާފަށް މިފަހަރު ކޮންފަރެންސް ކުރިޔަށްގެންދަނީ ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ. އަދި ކުރީގެ ކޮންފަރެންސާ ޚިލާފަށް މިއަހަރުގެ ކޮންފަރެންސްގައި އ.ތ.މ ކޮމެޓީގެ ރައީސުން ވެސް ބައިވެރިވެވަޑައިގަތެވެ.

މި ކޮންފަރެންސްގައި ރައީސްގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top