އޭދަފުއްޓާއި ނައިފަރުގައި ޑައިލިސިސް ހަދަން ފަށަނީ

hospi-800x478-800x478.jpg

ބ.އޭދަފުއްޓާއި ޅ.ނައިފަރު ގައި ހުންނަ އަތޮޅު ހޮސްޕިޓލުގައި އަންނަ ނޮވެންބަރު މަހު ޑައިލިސިސް ހެދުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ އޭދަފުއްޓާއި ނައިފަރު ހޮސްޕިޓަލުގައި ޑައިލިސިސް ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ.

“ނަމަވެސް އެ ޚިދުމަތް ފެށުމަށް ބޭނުންވާ ބައެއް މެޑިކަލް ސާމާނު އެ ރަށްރަށަށް ނުފޮނުވި ހުރީ. މި ހިދުމަތް އަންނަ މަހު ފެށޭނެ އެ ދެ ހޮސްޕިޓަލުގައި ވެސް،” ހެލްތު މިނިސްޓްރީން ވިދާޅުވި އެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ އެހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީއާއި އެހެނިހެން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.

”މި ހިދުމަތް ފެށުމަށް ބޭނުންވާ ބައެއް މެޑިކަލް ސާމާނު މިހަފްތާގެ ތެރޭގައި އެސްޓީއޯ މެދުވެރިކޮށް ލިބޭނެ. އެތަކެތި ލިބުމާ އެކު ހިދުމަތް ދޭން ފެށޭނެ .”ރަޝީދު ވިދާޅުވި އެވެ.

ޑައިލިސިސްގެ ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުންވެސް ތަމްރީން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“މިއަތޮޅުގަ އެބަތިބި 14 ވަރަކަށް އާއިލާ މި ހިދުމަތް ބޭނުންވެފައި. އެހެންވީމަ މިއީ އެހުރިހާ އާއިލާތަކަށް ވެސް ލިބުނު ފަސޭހައެއް އަދި ހޮސްޕިޓަލަށް ލިބުނު ކުރިއެރުމެއް،” މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށުމަށް ހެލްތު މިނިސްޓްރީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތިން ހޮސްޕިޓަލެއްގައި ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިހާރުވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top