ކެންދޫން އިތުރު ބަޔަކު ޕޮޒިޓިވް ވެއްޖެ!

208814_3_45fe23cd0933d0e1a9dee6334a89ff0cc56cf368_medium.jpg

ބ.ކެންދޫ

ބ.ކެންދޫން އިތުރު ބަޔަކު ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކެންދޫ ސިއްހީ މަރުކަޒުން ބުނީ މިއަދު އެރަށުން އިތުރު 13 މީހަކު ފައްސިވެ، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 36 އަށް އަރާފައިވާ ކަމަށެވެ.

އެރަށުން މިއަދު ފައްސިވެފައިވަނީ ވަކި ތަރުތީބެއް ނެތި ނެގި ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލް އާއި ފްލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން ހަތަރު މީހުންނާއި އެކު ކައިރުް ކައިރިން ބައްދަލުވި މީހެކެވެ.

ކެންދޫން މިހާތަނަށް 259 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބި 30 މީހެއްގެ ސާމްޕަލް އެބަ ހުއްޓެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، އެރަށުން މި ބަލި ޖެހުނު އެއްވެސް މީހަކު އަދި ވަނީ ބަލިން ފަސޭހަ  ނުވެއެވެ.

ކެންދޫއިން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކެއްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުމާއެކު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 4:00 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top