މިސްކިތްތައް ބެލެހެއްޓުން ކައުންސިލްތަކުގެ ބެލުމުގެ ދަށަށް

DSCN1353.jpg

އޭދަފުށި މަސްޖިދު މުޢީނުންދީން މިސްކިތް- އީވީ ފައިލް ފޮޓޯ

ރަށްރަށުގައި ހުންނަ މިސްކިތްތައް ބެލެހެއްޓުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތްއޮތުން ނިމުމަކަށް ގެނެސް ކައުންސިލްުތަކުން ބަލަހައްޓާ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މިސްކިތްތައް ބެލުމުގެ ޒިންމާ ކައުންސިލްތަކާ މަތި ކޮށްފައި އޮތް ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އިސްލާމިކް މިނިސްޓްރީ އާއި މިސްކިތްތައް ބެލެހެއްޓުން ހަވާލުކުރީ މިސްކިތްތައް ބެލެހެއްޓުން ކައުންސިލްތަކާއި ހަވާލުކޮށްފައި އޮތުމުން މިސްކިތްތަކުގެ މަރާމާތުތައް ނުކުރެވި އަދި މިސްކިތްތައް އެކަށީގެންވާ ގޮތުގައި ސާފު ނުކުރެވި މިސްކިތްތައް ބެލެހެއްޓުމުގެ ކަންކަން ބޮއްސުންލައިގެން ދިއުމުންނެވެ.

އިސްލާމިކް މިނިސްޓްރީން ރަށު ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ މިސްކިތްތައް ކައުންސިލްތަކާއި ހަވާލު ކުރީ އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މިސްކިތްތަކުގެ މުވައްޒަފުންގެ ކަންތަކާއި އެ މީހުންނަށް މުސާރަދިނުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހުން ފެށިގެން ކުރާނީ ރަށު ކައުންސިލުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top