ރާއްޖޭގައި ޑެންގޫ ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި. ބ.އަތޮޅު އާއްމު ހާލަތުގައި

DSCN7555-800x490-800x490.jpg

މިދުވަސްވަރު ޑެންގޫ އާއި ޗިކަންގުންޔާ ފެތުރޭ މިންވަރު މާލެއާއި އަތޮޅު ތެރޭގައި ފެތުރެމުން އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފައިވީ ނަމަވެސް ބ.އަތޮޅު ހޮސްޕިޓަލްގައި މިބަލީގެ ކޭސްތައް ފެނުން އިތުރުވެގެން ނުދާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އީވީއާ ވާހަކަ ދައްކަވަމުން ބ.އަތޮޅު ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތު ސްޕަވައިޒަރު ސިދްގީ އަބްދުﷲ ވިދާޅުވީ ޑެންގޫ ފީވަރ ޖެހިގެން މިވަގުތު ހޮސްޕިޓަލްގައި އެދުމަތި ކޮށްގެން ފަރުވާ ދެމުން ގެންދަނީ ދެކުދިންނަށް ކަމަށާ އިތުރަށް ބަލި ފެތުރެމުން ދާކަމަށް ރެކޯޑް ކުރެވިފައނުވާ ކަމަށެވެ.

“މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނީ ދެކުދިންނަށް. އެހެންނަމަވެސް އޭގެ މާނައަކީ މި ބަލި ފެތުރުން ކޮންޓްރޯލް ވީކަމަށް ބެލުމެއް ނޫން. އަމުދުން ރާއްޖޭގައި މި ބަލި ފެތުރެމުން ދާތީ އެކަމަށް ރައްކާތެރި ވުމަށް އެޗްޕީއޭ އިން ވެސް އިލްތިމާސް ކޮށްފައިވާއިރު ސަމާލުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަކުރެވިގެން ނުވާނެ. ” ސިދުގީ ވިދާޅުވިއެވެ.

ޑެންގޫއާއި ޗިކަން ގުންޔާއަކީ މަދިރީގެ ސަބަނުން ޖެހޭ ބަލިތައް ކަމަށްވާތީ މަދިރިން ރައްކާތެރިވުމަށް  ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުން ކުރުމަށް ހެލްތް ޕްރިޓެންޗަން އެޖެންސީ (އެޗްޕީއޭ ) އިން އިއްޔެ ވަނީ އިލްތިމާސް ކޮށްފައެވެ. އަދި 3 ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ހުން އަންނަ ނަމަ ނުވަތަ ޑެންގީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމު ދެވޭ މިންވަރު މަދުވުމާއި އާދަޔާ ޚިލާފަށް ހަށިގަނޑުގެ ވަރުދެރަވުން ހިމެނެއެވެ.

ކޮންމެ އަހަރަކުވެސް މި ދުވަސްކޮޅު މިފަދަ ބަލިތައް ފެތުރޭ މިންވަރު އިތުރުވާކަން ފާހަގަކޮށްލެވެއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top