ރަންޔޫބީލް ކަވަރޭޖް: 3 ވަނަދުވަހު އަންހެނުންގެ މަސްރޭހާއި، ބާބެކިއު އަދި ޝޯވ

DSC1961.jpg

ރޭ ކުރިޔަށްދިޔަ މަސްރޭހުގައި ބޭނިމަހެއް ޓީމެއްގެ މެމްބަރަކު ދައްކާލަނީ / އީވީ ފޮޓޯ: އަލީ ސުވެއިދު

ބ. އޭދަފުށި (10 މާރޗް 2019):- މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރިތާ 50 އަހަރުފުރޭ ގޯލްޑަންޖުބްލީ ފާހަގަކުރުމުގެ ގޮތުން މިއަދު އޭދަފުށީގައި ކުރިޔަށް ދިޔައީ، އަންހެނުންނަށް ބޭއްވި މަސްރޭހާއި، ބާބެކިއު ނައިޓް އަދި ސްޓޭޖްޝޯއެވެ. މަސްރޭސް ފެށުނީ ހަވީރު 4 ޖެހިއިރު ބަނދަރު ސަރަހައްދުންނެވެ. ރޭގަނޑު 8 ޖެހިއިރު ރޭހުގެ ބައިވެރިން ދޯނިތަކުން ބޭނިމަސްތައް ރަންޔުބީލް މައިދާނަށް ގެނެސް ކިރިއެވެ. އަދި އެމައިދާނުގައި، މިހާތަނަށް އޭދަފުށީގައި ބޭއްވި އެންމެބޮޑު ބާބެކިއު ނައިޓްވެސް މިރޭ އޮތެވެ. ސްޓޭޖްޝޯވ އޮތީ ރަންޔޫބީލް މައިދާނުގައި ހުރި ސްޓޭޖްގައެވެ. މިޝޯގައި ޖަމްއިއްޔަތުލް ވަފާގެ އިހުގެ ތަރިންގެ ނެށުމާއި، ބަނޑިޔާ، ދަނޑިޖެހުން އަދި މާލޭގެ މަޝްހޫރު ފަންނާނުންގެ ހަރަކާތްތައް ދައްކާލިއެވެ. މިހަރަކާތްތަކާގުޅޭ ފޮޓޯތައް ތިރީގައި
އީވީ ފޮޓޯ: އަލީ ސުވެއިދު

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top