ބަރުލަމާނީނިޒާމްުގެ ވާހަކަ ދައްކަން ނަޝީދު މިޙާރު ބޭނުމެއް ނުވޭ

FB_IMG_1696401059537.jpg

ފޮޓޯ: މިހާރު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ފެއްޓެވި މަސައްކަތް ހުއްޓާލައްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގަރާރެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ކަމުގެ މައުލޫމާތު އިއްޔެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ބޭއްވެވި ބައްދަލުވުމުގައި ހިއްސާ ކުރެއްވި ކަމަށެވެ.

މީގެ އިތުރުން ނިޒާމު ބަދަލުކުރުމުގެ ވާހަކަ ރައްޔިތުންގެ މެދުގައި ފިލާ ނުދާކަން މުއިއްޒަށް ދެންނެވި ކަމަށާއި އެހެންވެ، ނިޒާމުގެ ވޯޓުގެ ކަންކަން މަޑު ޖައްސާލައްވާނެ ކަމަށް މުއިއްޒަށް ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރުމުގެ ފުރުސަތު އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް ދޭން ޑިމޮކްރެޓްސް ނިންމައި އެކަން އެމަނިކުފާނަށް ދަންނަވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެކަމަކު، ނިޒާމު ބަދަލުކުރުމުގެ ވާހަކަ ރައްޔިތުންގެ މެދުގައި ހުއްޓި ނުދާނެ ކަމަށް މުއިއްޒަށް ދެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ތާއީދު ނުކުރުމަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ އިން ވަނީ ނިންމައިފައެވެ. ޢަދާލަތު ޕާޓީ އަދި ޖޭޕީ އިންވެސް ވަނީ ބަރުލަމާނީ އަށް ނޫނެކޭ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top