ފޭސްބުކް ހެކްކޮށްގެން 35،000 ރުފިޔާ އަތުލައިފި: ފުލުހުން

dailysun_facebook.jpg

ފާއިތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ފޭސްބުކް ހެކް ކޮށްގެން 35،000 އަށްވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން މީހުންގެ އަތުން ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ފޭސްބުކް އެކައުންޓް ޕާސްވޯޑް ރީސެޓް ކުރުމަށް ކަމަށް ބުނެ ގުޅައި، އޯޓީޕީ ކޯޑު މޯބައިލް ފޯނަށް ފޮނުވުމަށް ފަހު ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދަމުންގެންދާ މައްސަލަތައް އެ އިދާރާއަށް ހުށަހަޅަމުންދާ ކަމަށެވެ. އެގޮތުން، 48 ގަޑިއިރުގެ ތެރޭގައި މިފަދަ ހަ މައްސަލަ ހުށަހަޅާފައިވާއިރު 35،000 އަށް ވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އަތުލާފައިވާކަމަށް ތަހުގީގުން އެނގިފައިވާ ކަމަށްވެސް ބުންޏެވެ.

އެގޮތަށް ގުޅާ މީހުން، ތިޔަ ނަމްބަރަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ގެންގުޅުނު މޯބައިލް ނަމްބަރެއް ކަމަށް ބުނާ ކަމަށާއި އަދި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަންވެގެން ނަންބަރު ދޫކޮށްލީކަމަށް ބުނާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން އޭނާގެ ފޭސްބުކް ޕާސްވޯޑު ރީސެޓް ނުކުރެވިގެން އުޅޭކަމަށާ އަދި ޓޫފެކްޓާ އޯތޮންޓިކޭޓާ ސެޓު ކޮށްފައިވާނީ ތިޔަ ނަމްބަރަށް ކަމަށް ބުނެ، ފޯނަށް ލިބޭ އޯޓީޕީ ކޯޑު ކިޔައިދިނުމަށް އެދޭ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައްވެސް އެ އިދާރާ އަށް ހުށަހަޅަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

”އަމިއްލަ ނަމްބަރަށް އެގޮތަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށާ އަދި ފޭސްބުކް މެސެންޖާ އިން ނުވަތަ މީސްމީޑިއާގެ އެހެނިހެން ވަސީލަތަކުން ވިޔަސް ފައިސާ ހޯދުމަށް ވާހަކަ ދައްކާ މީހުންގެ ކިބައިން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސް ކުރަމެވެ. އަދި ކާކުކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށްވެސް އިލްތިމާސް ކުރަމެވެ.“ ފުލުހުން ވިދާޅުވިއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top