ބ. އޭދަފުށީގެ ފިހާރަތަކުގައި ވިއްކަން ހުންނަ މުދަލުގައި އަގުޖަހާފައި ބަހައްޓަން ސަމާލުކަން ދިނުމަށް ރަށު ކައުންސިލުން އަންގައިފިއެވެ.
މިކަން ހަނދާން ކޮށްދިނުމުގެ ގޮތުން މިއަދު ކައުންސިލުން ނެރެ އާއްމު ކޮށްފައިވާ އެންގުމެއްގައި ބުނަނީ، ފިހާރަތަކުން ވިއްކާ މުދަލުގެ އަގު ސާފުކޮށް އެނގޭނެހެން ބެހެއްޓުމަކީ ގާނޫނު ނަންބަރު 2020/12 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު )ގެ 16ވަނަ މާއްދާގެ ހ. ގެ ދަށުން ލާޒިމު ކޮށްފައިވާ ކަމެއްކަމަށެވެ.
”އޭދަފުށީގައި މުދާވިއްކާ އެންހައި ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލު ކަމެއް ދެއްވުން އެދެމެވެ.“އެނެނުމުގައިބުނެފައިވެއެވެ.
އޭދަފުށީގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ބައެެއް ފިހާރަތަކުގައި ވިއްކަން ހުންނަ މުދަލުގައި އަގު ނުޖަހައި ހުންނަކަމުގެ ޝަކުވާތައް ދޭތެރެ ދޭތެރެއިން ފެންމަތި ވެއެވެ.