އެއްގަމާއި ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

IMG_20200724_134101732-1.jpg

މޫސުން ގޯސް ދުވަހެއް.

އެއްގަމާއި ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްރަށަށ ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރެއެވެ.

ފުލުހުން ބުނީ އެއްގަމު އުޅަނދު ދުއްވާއިރު ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ސައިކަލު ސްޕީޑް ހިފެހެއްޓުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. ހަމައެހެންމެ ވިއްސާރާގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުމަކީ ރައްކާތެރި ކަމެއް ކަމަށާއި ވަޔާއެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓެއް ބޭނުން ކުރުމާއި ބުރުގާ އަޅާ މީހުން ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުމަށްވެސް ފުލުހުން އެދެއެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދާ، ދަތުރަށް ފުރުމުގެ ކުރިން ސަލާމަތީ ކަންކަން ފުރިހަމަ އަށް ހުރިތޯ ބެލުމަށާއި އުޅަނދަށް އެކަށީގެންވާ ވަރަށް ވުރެ އިތުރަށް މީހުން ނޭރުވުމާއި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ އިތުރަށް މުދާ ބަރު ނުކުރުމަށްވެސް ފުލުހުން އެދެއެވެ

މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން ދާއިރު ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަވާކޮށް ރޭ ފަތިހުން ފެށިގެން ހެނދުނު އަށަކާއި ހަމައަށް ހއ އިން ރ އަށް ވަނީ ޔެލޯ އެލާޓް ނެރުނެވެ. އެހެންނަމަވެސް އޭގެ ފަހުން ހެނދުނު 8 އިން ފެށިގެން މެންދުރުފަހު 1 އަށް ހއ އިން ފެށިގެން ދ އަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top