ވައްކަރު ރިސޯޓުގައި ”ކޮކޮނަޓް މާސްޓަރު“ގެ މަގާމު އުފައްދައިފި

3Y6A9229-1024x683-1.jpg

ދިވެހިރުކުގެ ބޭނުން އެންމެ ފުރިހަމަގޮޮތުގައި ހިފުމުގެ ގޮތުން  ބ.އަތޮޅުގައި ހިންގާ ވައްކަރު މޯލްޑިވްސް ރިސޯޓުން “ކޮކޮނަޓް މާސްޓަރު” ގެ މަގާމު އުފައްދައިފި އެވެ.

އެ މަގާމަށް އައްޔަން ކޮށްފައިވަނީ މުހައްމަދު ހަސަން (މޯޑީ) އެވެ.

މި މަގާމުގެ މަސްއޫލިއްޔަތަކީ ރިސޯޓުގައި ހުރި 2،500 ރުށް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފުމެވެ.

”ކޮކޮނަޓް މާސްޓަރު“ ގެ މައިގަނޑު މަސައްކަތަކީ ކުރުނބާ ނަގައި، އޭގެ ތެޔޮ އުފެއްދުމެވެ. ހަސަނަކީ ދިގު މުއްދަތެއްގައި މި މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި މީހެކެވެ. ކާށި ތެޔޮ އުފެއްދުމުގެ މަސައްކަތަކީ ވަރަށް ބުރަ އަދި ސަގާފީ ގޮތްތަކެއް ބޭނުންކުރާ މަސައްކަތެކެވެ.

ވައްކަރު މޯލްޑިވްސް އަކީ ކާށީގެ ހުރިހާ ބައެއްގެ ބޭނުން ހިފުމަށް މަސައްކަތް ކުރާ ރިސޯޓެކެވެ. އެރިސޯޓުން އުފައްދާ ކާށި ތެޔޮ ބޭނުންކުރަނީ ސްޕާ ފަރުވާތަކަށާއި ކެއްކުމަށެވެ. މިގޮތުން ކުރުނބާ ސޯބެޓް ހެދުމާއި، ކާށިކިރު އުފެއްދުމަށް ބޭނުންކުރުމާއި، ރުކުގެ ފަންތައް ރިސޯޓު ރީތިކުރަން ބޭނުން ކުރުމަކީވެސް “ކޮކޮނަޓް މާސްޓަރު” ގެ މަސްއޫލިއްޔަތެކެވެ.

މި އާ މަގާމާއެކު، ވައްކަރު މޯލްޑިވްސްއިން ކާށީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް އެ ރިސޯޓުން ބުނެއެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top