މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް ވޯޓުލެވޭނެ

87044437_2752010431552587_5174380395524784128_n.jpg

މި މަހު 10ގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މުއްދަތު ހަމަވެފައިވާ އައިޑީކާޑަށްވެސް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ )އިން ބުނެފި އެވެ.

އީސީ އިން ބުނީ ވޯޓުލާއިރު އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވާ ކަމަށް ނުބަލާނެ ކަމަށާ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް ޖޫން މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އިއުލާންކޮށްފައިވާ ކަމަށެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނެވެ. މި އިންތިހާބުގައި މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް 18 އަހަރުގެ ފުރޭ އެންމެންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top