ފޭސްބުކް ބޭނުންކުރާ އެތައް ދިވެހިންގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފި

facebook-new-news-feed1_2040.0.jpg

ރާއްޖޭގައި ފޭސްބުކް ބޭނުންކުރާ މީހުންގެ ތެރެއިން 86،000 މީހުން ހިމެނޭ ގޮތަށް 533 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ހެކަރުން ލީކު ކޮށްލައިފިއެވެ.

އިންޓަނެޝަނަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ލީކްކޮށްލާފައިވާ މައުލޫމާތުތަކަކީ ފޭސްބުކްގައި ކުރިން އޮތް ސަލާމަތީ ގޮތުން ބަލިކަށި ތަންކޮޅެއްގެ ބޭނުންކޮށްގެން 2019 ވަނަ އަހަރު ވަގަށް ނަގާފައިވާ މައުލޫމާތުތަކެކެވެ.

މިގޮތުން ލީކުކޮށްލާފައިވާ ގިނަ މައުލޫމާތުތަކުގެ ތެރޭގައި ފޯން ނަންބަރާއި، އީމެއިލް އެޑްރެސްގެ އިތުރުން ފޭސްބުކް ޕާސްވޯޑް ރީސެޓް ކުރަން ބޭނުންކުރާ މައުލޫމާތާއި، އުފަން ތާރީހާއި، ފުރިހަމަ ނަމުގެ އިތުރުން ފޭސްބުކް އައިޑީ ފަދަ މައުލޫމާތު ހިމެނެއެވެ.

ދުނިޔޭގެ 106 ގައުމަކުން ޖުމްލަ 533 މިލިއަން މީހުންގެ މައުލޫމާތު ލީކުކޮށްލާފައިވާއިރު އެމެރިކާގެ 32 މިލިއަން މީހުންގެ މައުލޫމާތި ވަނީ ލީކުކޮށްފައެވެ. އަދި އިނގިރޭސިވިލާތުގެ 11 މިލިއަން މީހުންގެ މައުލޫމާތު ލީކުކޮށްލާފައިވާ އިރު އިންޑިއާގެ 6 މިލިއަން މީހުންގެ މައުލޫމާތު ވަނީ ލީކުކޮށްލާފައެވެ.

މިކަމާއި ގުޅިގެން މިހާތަނަށް ފޭސްބުކުން އިތުރު ވާހަކައެއް އަދި ނުދައްކަ އެވެ.

އައިޓީ ދާއިރާގެ މާހިރުން ބުނާ ގޮތުގައި ލީކުކޮށްލާފައިވާ މައުލޫމާތުގެ ބޭނުން ހިފައިގެން ބޮޑެތި މަކަރާއި ހީލަތްް މިހާރުވެސް ދަނީ ހިންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top