އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދެވޭނީ 4500 ކަމަށް ކަނޑައަޅައިފި

large_1581424998546fNv.jpg

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް

ރާއްޖޭގެ ވަޒީފާއަދާ ކުރާ މުވައްޒަފުންނަށް ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 4،500 ރުފިޔާ ކަނޑައަޅައިފިއެވެ.

އުޖޫރަ ކަނޑައަޅާފައި މިވަނީ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަން މިނިމަމް ވޭޖު ބޯޑުން ލަފާދިން ވަރަށް ވުރެ ކުޑަކޮށް އަމިއްލަ ވިޔަފާރިތަކަށް މިނިމަމް ވޭޖު ކަނޑައަޅައި، އިއުލާނު ކުރުމަށް ހޮޓަލް ޖެންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ.

އެގޮތުން ކުދި ފަންތީގެ ވިޔަފާރިތަކަށް ލަފާދިން އަދަދު ދަށްކޮށް، ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 21.63 ރުފިޔާގެ މަގުން މަހަކަށް 4،500 ރުފިޔާއެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލަފާދިން އަދަދު ދަށްކޮށް ކަނޑައެޅި އަދަދަކީ 8،000 ރުފިޔާއެވެ.

ޕްރައިވެޓް ސެކްޓާގެ މެދު ފަންތީގެ ވިޔަފާރިތަކަށާއި ޕަބްލިކް ސެކްޓާއަށް ވޭޖް ބޯޑުން ދިން ލަފަޔަކަށް މިނިސްޓަރު ބަދަލެއް ގެންނަވާފައެއް ނުވެއެވެ.

މިނިމަމް ވޭޖް ކަމަށް ބަލައިފައި ވަނީ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބޭ ފިކްސްޑް އެލަވަންސް އަށެވެ. އޭގެ ތެރޭގައި ފުޑް އެލަވަންސް، ރޯދަ މަހުގެ އިނާޔަތް، އިތުރުގަޑީގެ ފައިސާ، ސާވިސް ޗާޖް ކަހަލަ އިންކައިންޑް ބެނެފިޓްސް ނުހިމެނޭނެއެވެ.

އެންމެ ކުޑަ އުޖޫރަ ގަރާރުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖްގެ ވާހަކަ ދެކެވޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށާއި އަދި އެކަން ތަންފީޒު ނުކުރެވި ލަސްވެގެން ދިއުމަކީ، މިހާރު އެކަން ކުރަން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިބަދަލާއި އެކު ސިވިލްސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން 15،000 މީހުންނަށް މުސާރަ ރަނގަޅު ވެގެންދިއުމާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ  ގާތްގަނޑަކަށް 13،000 މުވައްޒަފުންނަށް މުސާރަ ރަނގަޅު ވެގެންދާނެކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އުޖޫރަ ކަނޑައެޅި ކަމުގައިވީނަމަވެސް ގެންނަން ޖެހޭ ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެބަދަލެއް ގެނައުމަށް ސަރުކާރުން ފަހަތަށް ނުޖެހޭނެކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top