ރަށްރަށަށް ފޮނުވި ލައިޓުތައް ކައުންސިލްތަކުގެ މުދަލުގެ ގޮތުގައި ކަނޑައަޅަނީ

DSCN4327.jpg

ކުޑައީދަށް ރަށްރަށަށް ފޮނުވި ލައިޓުތައް ކައުންސިލްތަކުގެ މުދަލުގެ ގޮތުގައި ކަނޑައަޅަން ނިންމައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އީދަށް ފޮނުވި ލައިޓުތައް ކައުންސިލްތަކުގެ މުދަލުގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމާއެކު އިދާރީ މަސައްކަތްތައް ފަށާނެ ކަމަށެވެ.

އަދ ފޮނުވި ތަކެތީގެ ފުރިހަމަ ލިސްޓާއި އެ ތަކެތީގެ މިލްކުވެރިކަން ބަދަލުކުުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު މިނިސްޓްރީން ހިއްސާ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

”ކައުންސިލްތަކުގެ އިންވެންޓްރީގައި އެތަކެތި ހިމެނުމަަށްފަހު ގައުމީ/އިޖުތިމާއީ ކަންކަމުގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ.“ ވަޒީރު ވިދާޅުވި އެވެ.

މި ފަހަރު އީދަށް ލައިޓުތަކުން ދިއްލާލިއިރު ތަކުބީރުގެ އަޑު ވެސް އީދުގައި ވަނީ ގުގުމާލައިފަ އެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top