ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ސޮނެވާއިން ކުޑަކުދިން ކަނޑަށް!

son-1.jpg

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސޮނެވާފުށި ރިސޯޓުން ތަފާތު ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފިއެވެ.

މިއަދު ސޮނެވާފުށީ އަތިރިމަތީ ސަރަހައްދުގައި ކުރިޔަށްގެންދިޔަ މިހަރަކާތްތަކުގެ ތެރޭގައި ސޮނެވާފުށިން މިހާރުކުރިޔަށްގެންދާ ބ. އަތޮޅުގެ ސްކޫލްތަކުގެ ކުދިން ފަތަންދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން ކަނޑާ، ފަރުގެ ސަރަހައްދުތަކަށް ގެންގޮސް ފަރުތައް ދެއްކުމާއި، އެތަންތަނާބެހޭ މައުލޫމާތުދިނުން ހިމެނެއެވެ. ސޮނެވާފުށީ ރިސޯޓުން ބުނީ ފަތަންދަސްކުރަމާ މިޕްރޮގްރާމްގެ ދަށުން ބ. އަތޮޅުގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 3 ގައި ކިޔަވާކުދިންނަށް މިއަހަރު ފަތަން ދަސްކޮށްދިނުމަށް އަމާޒުކޮށްފައިވާކަމުގައެވެ.

ފަތަން ދަސްކުރަމާ ޕްރޮޤްރާމްގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒާ، މާޅޮހު މަދްރަސާއިން ފަތަން ދަސްކުރި ފަންސާހަށްވުރެގިނަ ކުދިންނަށް ހަނދާނީލިޔުންވެސް މިއަދު ސޮނެވާފުށީގައި ހަވާލުކޮށްފައިވެއެވެ.

ސޮނެވާފުށީން ކޮންމެ އަހަރަކުވެސް ބ. އަތޮޅުގެ ސްކޫލްތަކުގައި ކިޔަވާކުދިންނަށް ތިމާވެއްޓާބެހޭ މައުލޫމާތުދިނުމުގެ ތަފާތު ޕްރޮޤްރާމްތައް ދަނީ ހިންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top