ޕަރިނިތީޗޯޕްރާ އެނގެނީ ކިހާ ވަރަކަށް؟

unnamed.jpg

ހިންދީ ސިނަމާ ތަކުގައި މިފަހަކަށް އައިސް ރަނިކަންކުރާ އެންމެ އަލިގަދަ އެއްތަރިއަކީ ޕަރިނިތީ ޗޯޕްރާ އެވެ. އެކަމަކު މި ރީތި ހުސްހަށިބައި ބަތަލާއާބެހޭ ގޮތުން ނޭގޭ ގިނަ ކަންތައްތަކެއް ވެއެވެ. މިއީ އޭގެ ތެރެއިން ބައެއް އުސް އަަލިތަކެވެ.
1.އޭނާއަކީ ކޮކާކޯލާ އާއި ޕެޕްސީގެ އިޝްތިހާރު އެކުއެކުގައި ކުޅުނު ހަމަ އެކަނި އެކްޓްރެސްއެވެ.
2. ޕަރިނިތީއަކީ ޕިއްޒާ އާހެދި މޮޔަ ވެފައިވާ މީހެއްކަމުގައި އޭނާ ބުނެއެވެ. އެކަމާހުރެ މޮޔަވެފައި ހުރިވަރަކީ ރޭގަނޑު ދަންވަރުވެސް ޕިއްޒާ ކާން ބޭނުންވާކަމެވެ. އެހެންވެ ދަންވަރު ހޭލައިގެންވެސް އޭނާ ޕިއްޒާ ކައެވެ.
3. ވަރަށް ގިނަ އަންހެން ކުދިންނަކީ ނިޔަފަތި ކާ ކުދިންނެވެ. ޕަރިނިތީއަކީވެސް އޭގެ ތެރެއިން އެކެކެވެ. ނިޔަފަތި ކަމުންގޮސް އިނގިލިތަކުގެ ހަންގަނޑުކެޭެއިރުވެސް ހުއްޓާނުލާ ކުރިއަށް ގެންދެވޭކަމުގައި އޭނާ ބުންޏެވެ.
4. ޕަރިނިތީއަކީ ފައިވާނަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. އޭނާގެ އަތުގައި ބައިވަރު ފައިވާންހުރެއެވެ. އެކަމަކު އަގުބޮޑު ފައިވާން ބޭނުމެއް ނުކުރެއެވެ.
5. އެކްޓިންއަކީ އޭނާގެ ޕެޝަންއެއްނޫނެވެ.
6. މެންޗެސްޓަރ ޔުނައިޓެޑްގެ ވާހަކައެއް ކިޔާނަމަ ހީވާނީ އޭނާއަކީ އެކްލަބްގެ ކުޅުންތެރިއެއްހެންނެވެ. އޭނާ އަކީ އެޓީމް ލީޑްކުރާ އަދި އެޓީމަށް ކޭޓަރކުރާ ކުއްޖެއްހެންނެވެ.
7. ޕަރިނިތީ އެންމެ ލޯބިވަނީ ސައިފް އަލީ ޚާން ދެކެއެވެ.. އެއީ އޭނާގެ ފޭވަރިޓްއެވެ. ކަރީނާ ކަޕޫރު ނެތް ކޮންމެ ހިނދެއްގައި އޭނާހުރީ ސައިފްއާ ކައިވެނިކުރަން ތައްޔާރަށެވެ.
8. ގިނަ މީހުންނަށް އޭނާއަކީ ލަވަކިޔާ ކުއްޖެއްކަމެއް ނޭގޭނެއެވެ. އެކަމަކު އޭނާއަކީ މޮޅަށް ޓްރެއިން ވެފައިހުރި ހުނަރުވެރި ލަވަކިއުން ތެރިއެކެވެ.
މަސްދަރު:ބޮލީވުޑްޓުޑޭ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top