ހިންދީ ފިލްމްތަކަށް ލޯބިކުރައްވާ ފަރާތްތަކަށް އުފާވެރި ޚަބަރެކެވެ. ” ކުޗްކުޗްހޯތާހޭ “އާއި “ސްޓޫޑެންޓް އޮފް ދަ އިޔަރ” ފަދަ މަޝްހޫރު ފިލްމުތައް ހަދާފައިވާ ކަރަން ޖޯހަރުގެ ” އޭދިލްހޭ މުޝްކިލް” އަންނަ އޮކްޓޯބަރމަހުގެ 28ގައި ސިނަމާތަކަށް އަންނަނީއެވެ.
ރަންބީރުކަޕޫރާއި އައިޝްވާރްޔާ ރާއީ ގެ އިތުރުން އަނުޝްކާ ޝަރްމާއާއި އާއި ފަވާދުޚާން ތަރިންގެ ގޮތުގައި ފެނިގެންދާާ މި ފިލްމަކީ ކަރަންޖޯހަރް ލިޔެފައިވާ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ތިނެސްކަން ލޯބީގެ ފިލްމެކެވެ.
ފިލްމްގެ ޓީޒާ މިއަދުވަނީ ނުކުމެފައެވެ. 98 ސިކުންތުގެ މި ފިލްމްގެ ޓީޒާ ގެ އިތުރުން ފިލްމްގެ ހަތަރު ޕޯސްޓަރ އާއި ލަވައެއް ވެސް މިހާރުވަނީ ނުކުމެފައެވެ.