މަތީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި 7 ދަރިވަރަކަށް ރައީސްގެ ސްކޮލާޝިޕް ހަވާލުކޮށްފި

c02d7a99-67e5-4f33-a6cb-e356809452de.jpg

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ލިބުނު 7 ދަރިވަރުން، ފޮޓޯ: ރައީސް އޮފީސް

މަތީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި7 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ހަވާލުކޮށްފި އެވެ.

މި ދަރިވަރުންނަށް ސްކޮލަޝިޕާއި އިނާމު ހަވާލުކޮށްދެއްވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން މިދިޔަ އަހަރު މި ސްކޮލަޝިޕް ލިބުނީ، ސީއެޗްއެސްއީ ހުޅުމާލޭގެ ހަތަރު ދަރިވަރުންނާއި ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރަކާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރެއްގެ އިތުރުން ޏ، އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެކެވެ.

ދިވެއްސާއި އިސްލާމް މާއްދާ ހިމަނައިގެން ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޮލާރޝިޕް ލިބުނީ، ސީއެޗްއެސްއީ ހުޅުމާލެއިން އޭލެވެލް ނިންމި އައިޝަތު ނަބީހާ އަމީން އާއި ލީން އަޙްމަދު ތާރިޤާއި ޔަޝާ ޝާފީ ޝަފީޤުގެ އިތުރުން އަލީ މާއިޝް މުފީދަށެވެ. ދެން މި ސްކޮލަޝިޕް ލިބުނީ ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ހުސައިން ޔަމީން އާއި ޏ. އޭއީސީގެ އައިޝަތު ލީން އަބްދުﷲގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ލައިމް ހުސައިން ހަމީދަށެވެ.

މީގެ އިތުރުން ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރު ހުސައިން ޔަމީން އާއި، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އައިޝަތު ލީން އަބްދުﷲ ވެސް ވަނީ މި ސްކޮލަރޝިޕް ކާމިޔާބުކޮށްފައެވެ. އަދި އަލްމަދުރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން މަތީ ސާނަވީ ނިންމި ދަރިވަރު ލައިލް ހުސައިން ހަމީދު ވެސް ވަނީ މި ފަޚުރުވެރި ވަނަ ހާސިލުކޮށް ރައީސްގެ ސްކޮލަރޝިޕް ހޯދާފައެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުންގެ އިތުރުން، ސާނަވީ އިމްތިހާނުތަކުން މުޅި ރާއްޖެއިން އެއްވަނަ ހާސިލުކުރި 23 ދަރިވަރަކަށްވެސް އެވޯޑާއި ހަނދާނީ ލިޔުން ރައީސް ހަވާލުކޮށްދެއްވި އެވެ.  މި ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި، ތައުލީމީ ދާއިރާގެ ބޭފުޅުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ދެއްވާ މި ސްކޮލާޝިޕަކީ ރާއްޖޭގެ ދަރިވަރުން ތައުލީމީ ގޮތުން ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް، އެކުދިންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ދެވޭ އެންމެ މަތީ ފަންތީގެ ސްކޮލާޝިޕެވެ.

ރައީސްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ގައުމަކުން ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓައިދޭނެ އެވެ. މި ސްކޮލަޝިޕް ދެނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ، ‘ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓް’ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top