ވިލުންވެށި ބަގީޗާ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް

img_md_202607090125331783585533.7669.jpg

ސްކޫލް މާހައުލުގައި ޒަމާނީ ދަނޑުވެރިކަމުގެ އަމަލީ ތަޖުރިބާ ދަރިވަރުންނަށް ލިބޭ ވިލުންވެށި ޕްރޮގްރާމް މުޅި ރާއްޖޭގެ ސްކޫލްތަކަށް ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަރީފް ވިދާޅުވީ މި ޕްރޮގްރާމަކީ ސްކޫލްތަކާ އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން، އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ މައިގަނޑު މަގުސަދަކީ ސްކޫލް މާހައުލުގައި ޒަމާނީ ދަނޑުވެރިކަމުގެ އުސޫލުތަކާއި ޓެކްނޮލޮޖީތަކުގެ އަމަލީ ޢިލްމާއި ތަޖުރިބާ ދަރިވަރުންނަށް ދީގެން ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުން ކަމަށެވެ.

މި ޕްރޮގްރާމްގައި ސްކޫލް ބަގީޗާތައް ގާއިމުކޮށް، ޒަމާނީ ދަނޑުވެރިކަމުގެ ދާއިރާ ދަރިވަރުންނަށް ދަސްކޮށްދީ، އަމަލީ ތަޖުރިބާ ހޯދައިދޭނެ އެވެ. ގްރީންހައުސް ފާމިންގ، ހައިޑްރޯޕޮނިކްސް، އަދި ވަރޓިކަލް ފާމިންގ ފަދަ ކޮންސެޕްޓްތައް ދަރިވަރުންނަށް ތަޢާރަފުކޮށްދޭއިރު، ދަސްކުރާ އެއްޗެއް އަތުން ކުރާ ހަރަކާތްތަކުގެ ތެރެއިން ތަންފީޒު ކުރުމުގެ ހުއްދަ ވެސް ލިބެއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ރާވާފައިވަނީ މާލޭގެ އިތުރު ސްކޫލްތަކަށާއި އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ވެސް މިފަދަ ސްކޫލް ބަގީޗާތައް ގާއިމްކޮށް، އިތުރު ދަރިވަރުންނަށް ކްލާހުގައި ދަސްކުރާ އެއްޗަކާ ގުޅިފައިވާ އަމަލީ ތަޖުރިބާ ހޯދުމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ގާއިމުކުރި ފުރަތަމަ ސްކޫލް ބަގީޗާ ހުޅުވީ މާލޭގެ ހިރިޔާ ސްކޫލުގަ އެވެ. “ގާޑަން އޮފް ގްރޯތް” ގެ ނަމުން ނަންދީފައިވާ މި ބަގީޗާ ފަރުމާކޮށްފައިވަނީ ޒަމާނީ ދަނޑުވެރިކަމުގެ އުސޫލުތަކުގެ އަމަލީ ތަޖުރިބާ ދަރިވަރުންނަށް ފޯރުކޮށްދިނުމަށެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ބުނީ ވިލުންވެށި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ދަނޑުވެރިކަމުގެ ޒަމާނީ އުކުޅުތައް އަމަލީ މާހައުލެއްގައި ތަޖުރިބާ ކުރެވޭނެ ގޮތަށް ބަގީޗާތައް ތައްޔާރުކޮށްފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top