ގޯލްޑް 100 ގެ ޝަރަފުވެރި އެވޯޑް އޭދަފުށީ ނަޒީރުއަށް

large_151938559920xvBS.jpg

އަހްމަދު ނަޒީރަށް ގޯލްޑް 100 އެވޯޑް ހަވާލުކޮށްދެނީ / ފޮޓޯ: ސަން އޮންލައިން

ގޯލްޑް 100ގެ އެންމެ ޝަރަފްވެރި އެވޯޑް އޭދަފުށީ އަހްމަދު ނަޒީރު (ކްރައުން ނަޒީރު )އަށް ލިބިވަޑައިގެންފިއެވެ. ނަޒީރުއާ މި އެވޯޑް ހަވާލު ކުރެއްވީ ގޯލްޑް 100 ދިނުމަށް ބުރާސްފަތި ދުވަހުގެ ރޭ ބަޑޮސް އައިލެންދް ރިސޯޓުގައި ބޭއްވި ރަސްމީ ހަފްލާގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ބާނީއެއްގެ ގޮތުން ކުރެއްވި ޚިދުމަތް ފާހަގަކޮށް ނަޒީރުއަށް ގޯލްޑް 100 ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވިއިރު އޭނާ އަކީ މަޝްހޫރު ކްރައުން ކޮމްފެނީގެ ޑިރެކްޓަރ އަދި ފައުންޑިންގ ޕާޓްނަރ ވެސް މެއެވެ.

ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރި އަދި ހޮސްޕިޓާލިޓީ މެގަޒިންއެއް ކަމަށްވާ ކޯޕަރޭޓް މޯލްޑިވްސްއިން ކުރިއަށް ގެންދާ އިވެންޓެކެވެ.

މިދިޔަ އަހަރުން ފެށިގެން ދެމުން ގެންދާ ގޯލްޑް 100 ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި އަނެއް ބޭފުޅަކީ މެނޭޖިންގ ޑިރެކްޓަރ އޮފް އޯކިޑް ހޯލްޑިންގްސް އައްނަބީލް މުޙައްމަދު ވަހީދުއްދީން އެވެ.

އެންމެ ކާމިޔާބު ވިޔަފާރިތައް ފާހަގަކޮށް އެ ވިޔަފާރިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ގޯލްޑް 100 ، ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.

އޭދަފުށީ ވޮއިސްގެ ފަރާތުން މި މުނާސަބަތުގައި ނަޒީރުއަށް ވަރަށް ހޫނު މަރްހަބާ އެއް ރައްދު ކުރަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top