ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

child-rape-sexual-assault-rape-victim-shut.jpg

ހދ. ކުޅުދުއްފުށީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.

ކުޅުދުއްފުށީގައި ކުޑަކުއްޖަކު ގްރޫމްކޮށްގެން އެ ކުއްޖާ އާއެކު ޖިންސީ އަމަލެއް ހިންގި މީހަކު ރައްޔިތުން ނިކުމެ ފުލުހުންނާ ހަވާލުކޮށްފއިވާއިރު އެއީ އެމްއެންޑީއެފްގެ އޮފިސަރެއް ކަމަށް ވެސް، ރައްޔިތުންގެ ތެރެއިން އަޑުއުފުލި ބަޔަކު ބުނަމުން ދިޔަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން އެމްއެންޑީއެފުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top